Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯޅަ އެސޯސިއޭޝަން

ރިޔާޒް ސިފަކުރެއްވި ގޮތުގައި ވީއޭއެމް އޮތީ "ގެއްލިފައި!"

ވޮލީ ބޯޅައިގެ ތެރޭގައި އުޅުއްވާ ބޭފުޅުންނާއި، އާންމުންނަށް އެނގޭނެ ފަދައިން މައިގަނޑު މައްސަލަ ދިމާވެގެން އުޅެނީ ތިން ކަމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2023 | އަންގާރަ 07:01
ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް (ރިޔާ)

ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް (ރިޔާ)

ރާއްޖޭގެ ވޮލީބޯޅައިގައި މިހާރު ދިމާވަގެން އުޅޭ އެންމެ ބޮޑު އެއް މައްސަލަ އަކީ ވޮލީ ބޯޅަ އެސޯސިއޭޝަން (ވީއޭއެމް) "ގެއްލިގެން" އުޅުން ކަމަށް ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް (ރިޔާ) ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޒް ވިދާޅުވީ ބޮޑު ކަންތައް ގަނޑަކަށްފަހު މިހާރުގެ ހިންގާ ކޮމެޓީ އިންތިޚާބުވިތާ މިއަހަރަށް ދެ އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކަންކަން އޮތީ އޭރު އޮތް ހާލަތަށް ވުރެ ވެސް ގޯސްކޮށްކަން ފާހަގަ ކުރައްވާ ރިޔާޒް ވިދާޅުވީ، އެކަމުގައި ކުލަބުތަކާއި ބައެއް އަމިއްލަ ފަރާތްތައް ނުކުމެ މަސައްކަތް ކުރި ނަމަވެސް ދުވަހުން ދުވަހަކަށް ދަނީ ގޯސްވަމުން ކަމަށެވެ. އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން، ބައެއް ކުލަބުތަކުގެ އެދުމުގެ މަތިން އެ ކުލަބުތަކަށް އަމިއްލަ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އިތުރަށް ރިޔާޒް ވިދާޅުވީ ވޮލީ ބޯޅައިގެ ތެރޭގައި އުޅުއްވާ ބޭފުޅުންނާއި، އާންމުންނަށް އެނގޭނެ ފަދައިން މައިގަނޑު މައްސަލަ ދިމާވެގެން އުޅެނީ ތިން ކަމެއްގައި ކަމަށެވެ. ނަމަވެސް އޭރުން ފެށިގެން ވެސް އެ ކަންކަމަށް އެއްވެސް ކުރިއެރުމެއް ނުވަތަ ޙައްލެއް ނުލިބެގެން ގޮސް، މިހާރު ޙާލަތު ވަރަށް ބޮޑަށް ގޮސްވެފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަންކަމުގައި އަމިއްލަ ގޮތުން މަޝްވަރާ ކުރުމަށް ވީއޭއެމަށް އެންގުމަށްފަހު ދިޔަ ނަމަވެސް، ބައްދަލުވާ ގޮތެއް ނުވާ ކަމަށާއި، އޮފީސް ވެސް ހުންނަނީ ތަޅުލާފައި ކަމަށެވެ. ރިޔާޒް ވިދާޅުވީ އެސޯސިއޭޝަން ގެއްލިފައި އޮތުމުގެ ސަބަބުން ކުލަބުތައް އުޅެނީ، މަސައްކަތް ކުރަންވީ މިސްރާބެއް ނޭންގި، ދާނެ ދިމާލެއް ވެސް ނޭންގިގެން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ވީއޭއެމްގެ ކޮންގެރެސް ނުބޭއްވި ދެ އަހަރު ވެގެންދާ ކަމަށާއި، އެއަށްވުރެ ބޮޑު މަައްސަލައެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ޤާނޫނާއި، އެސޯސިއޭޝަންގެ ބެލެނިވެރި އިދާރާގެ ބެލެމުގެ ދަށުގައި އޮންނަ އެސޯސިއޭޝަނަކުން އަހަރީ އާންމު ޖަލްސާ ނުބޭއްވުމީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ޚާއްސަކޮށް އެ ޖަލްސާގައި ވަރަށް މުހިންމު ދެ ކަމެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވޮލީގެ ކުލަބުތައް އޮތް ހާލަތާއި، ނިމުނު އަހަރުގެ އަހަރީ ރިޕޯޓު ހިއްސާކުރެވިގެން ދާނެ ކަމަށެވެ. ހަމައެއާއެކު މާލީ ރިޕޯޓު ތައްޔާރުކުރުމަކީ ވެސް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ރިޔާޒް ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ހުރިހާ ކަމެއްގައި ވީއޭއެމް އޮތީ މިހާރު "ފެއިލް" ވެފަ އެވެ.

އަހަރީ އާންމު ޖަލްސާ ނުބޭއްވުމަށް ވުރެ ބޮޑު މައްސަލައެއްގެ ގޮތުގައި ރިޔާޒް ސިފަ ކުރެއްވީ މިހާރުގެ އެކްސްކޯ އެއްކޮށްނުލެވިގެން އުޅޭ މައްސަލަ އެވެ. މިހާރުގެ އެކްސްކޯ އިންތިޚާބުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އެކްސްކޯ އެއްކޮށް ބައްދަލު ނުކުރެވުނު ބަޔަކަށް، އަހަރީ އާންމު ޖަލްސާ ބޭއްވޭނެތޯ ވެސް ރިޔާޒް ސުވާލު އުފެއްދެވި އެވެ. އެކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ، ކޮންމެ ތަނެއްގައި ވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަމުގެ ޒިންމާ ނަގަން ތިއްބެވި ފަރާތްތަކުން އެކުވެގެން މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ވީއޭއެމްގައި އެ ފުރުސަތު ވެސް ނެތް ކަމަށް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވީއޭއެމްގެ އެތެރޭގައި ބާއްވަން ލާޒިމުކޮށްފައިވާ އިންތިޚާބުތައް ނުބޭއްވިގެން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ރެފްރީސް ކޮމިޝަން އަދި ކޯޗަސް ކޮމިޝަންގެ އިންތިޚާބު ކަމަށާއި، އެއީ ދެ އަހަރު ދުވަހަށް އެކުލަވާލާފައިވާ ދެ ކޮމިޝަން ކަމަށް އޭނާ ވިދާޅުުވި އެވެ. ނަމަވެސް އެ ދެ ކޮމިޝަންގެ ދައުރު މިހާރު ހަމަވެގެން ދާއިރު، މިހާތަނަށް އެކަން ވެސް ކުރެވިފައި ނުވާ ކަމަށާއި އެކަމުގައި ވެސް ވީއޭއެމްގެ ބައެއް އެކްސްކޯ މެންބަރުންގެ ކަންބޮޑުވުން މިހާރު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، ވީއޭއެމްގެ ރައީސަކަށް މިހާރުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ހުންނެވިހާ ދުވަހަކު ވޮލީގެ ކަންކަން ރަނގަޅުވާނެ ކަމަށް މެންބަރުން ޤަބޫލު ނުކުރާ ކަމަށެވެ. ރަނޭ ހިމެނޭހެން އެކަން ޤަބޫލު ކުރަނީ ގާތްގަނޑަކަށް ހަތަރު މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއޭއެމްގެ ހިންގުމުގައި ހުރި ކަންކަން ބޮއްސުން ލައިގެން ދިޔުމުގެ ސަބަބުން މި ފަހުން އައިސް ވޮލީގެ ގިނަ ބަޔަކު އަންނަނީ އެ ވާހަކަ ވެސް ދައްކަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު