Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނދިރޭސި ޕްރިމިއަރ ލީގު

ޗެލްސީގެ ނާކާމިޔާބު ސީޒަނުގެ ފަހު މެޗުންވެސް އެއްވަރު

ސީޒަން ނިމުނުއިރު ޗެލްސީ އޮތީ 12 ވަނައިގަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 މެއި 2023 | ހޯމަ 08:11
ޗެލްސީގެ ކޯޗު ލަމްޕާޑް

ޗެލްސީގެ ކޯޗު ލަމްޕާޑް

ފަހުގެ ތާރީހެއްގައި ޗެލްސީގެ އެންމެ ނާކާމިޔާބު ސީޒަނުގެ ފަހު މެޗުންވެސް އެ ޓީމު އެއްވަރުވެއްޖެއެވެ.

އާދިއްތަ ދުވަހު ސްޓެމްފޯޑް ބްރިޖުގައިިި ނިއުކާސަލް ޔުނައުޓެޑާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ނިއުކާސަލްގެ އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހާ، އެ ޓީމަށް ކުރިހޯދަދީފައެވެ. އޭނާ އަކީ މީގެކުރިން ޗެލްސީއިން ގެންދިޔުމަށް މަސައްކަތް ކުރި ކުޅުންތެރިއެކެވެ. މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑަކީ ނިއުކާސަލްގެ ޓްރިޕިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޗެލްސީއިން ގިނަ ލާރިތަކެއް ޚަރަދުކޮށް، ގިނަ އަދަދެއްގެ ކުޅުންތެރިން ގެނައި ނަމަވެސް، މިއީ އެންމެ ނާކާމިޔާބު އެއް ސީޒަނެވެ. ސީޒަން ފެށިއިރު ކޯޗު ކަމުގައި ހުރީ ޓުޗެލްއެވެ. އެޔަށްފަހު އޭނާ މަގާމުން ވަކިކުރުމަށްފަހު ގެނައި ޕޮޓާސް އަށްވެސް ޓީމު ރަނގަޅުކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ ބަދަލުގައި ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ޗެލްސީގެ ލެޖެންޑު، ފްރޭންކް ލަމްޕާޑެވެ. ނަމަވެސް، އެދެވޭ ކުޅުމެއް ނުދެއްކޭތީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އޭނާއަށް ފާޑުކިޔަުންނެވެ. ކުރިޔަށް އޮތް ސީޒަނަށް ޗެލްސީގެ އައު ކޯޗަކަށް ގެންނަނީ ޕޮޗެޓީނޯއެވެ.

މި ސީޒަން ޗެލްސީއިން ނިންމާލަން ޖެހެނީވެސް ހުސްއަތާއެވެ. ލީގު ކަޕާ އެފްއޭ ކަޕުގެ ތިންވަނަ ރައުންޑުން ސިޓީ ކައިރިން ބަލިވެ އެ ޓީމު ކެޓިއިރު، ޗެމްޕިއަންސް ލީގުން ޓީމު ކެޓީ ކުއާޓާގައި ރެއާލް އަތުންނެވެ.

ހުރިހާ މެޗެއް ނިމުނުއިރު ނިއުކާސަލް އޮތީ 71 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ޗެލްސީ އޮތީ 44 ޕޮއިންޓާއެކު 12 ވަނައިގައެވެ. މިއީ 1994 ވަނަ އަހަރުގެ ފަހުން ޗެލްސީ އެންމެ ދަށުން ނިމުނުފަހަރެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު