Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ މަގުތައް ތަރައްގީކުރުން

ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ތިނަދޫގެ 55 އާއިލާއަށް އާމްދަނީ ހޯދުމުގެ ފުރުސަތު ވަނީ ލިބިފައި: އެމްޑީ މޫކޭ

29 މެއި 2023 | ހޯމަ 08:42

ބިނާވެށި ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2023 | ހޯމަ 08:42
އާރްޑީސީންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

އާރްޑީސީންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

ގދ.ތިނަދޫގެ 55 އާއިލާއަށް ވަޒަނުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިވެހިންނަށް އިސްކަންދޭ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން)ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޫސާ އަލީ މަނިކު ވިދާޅުވީ އެކުންފުނިން ދިވެހިންނަށް އިސްކަންދޭ ކަމަށާއި، މިހާރު ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކުގައި ބޮޑަށް ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ބިނާވެށި ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޫސާ އަލީ މަނިކު ވިދާޅުވީ މި ޕްރޮގްރާމްގައި މަސައްކަތްތައް ދަސްކޮށްދޭނެ ކަމަށާއި، ޚާއްސަ އެލަވަންސެއް ދޭނެ ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ހުރިހާ ކަމެއް ބަލަމުންދާނީ އާރްޑީސީންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ދާއިރާއަށް ދިވެހިން ނުކުންނަންޖެހޭ ކަމަށާއި، މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ސްކޫލު ނިންމާ ބައެއް ކުދިން ކުރާނެ މަސައްކަތެއް ނޭނގި 6 ދުވަސް ބޭކާރު ކޮށްލާ ކަމަށާއި، މިފަދަ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތުގެ މައިދާނަށް ނުކުތުމަށްފަހި ފުރުސަތުތައް ލިބޭނެ ކަމަށް ވެސް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އާރްޑީސީން އެކި ރަށްރަށުގައި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއެކު ވެސް ތިނަދޫގެ ގާތްގަނޑަކަށް 55 ރައްޔިތަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށާއި، މިއީ 55 އާއިލާއަށް އަމިއްލަ ވަޒަނުގައި ތިބެ އާމްދަނީ ހޯދުމަށް ހުޅުވާލެވުނު ދޮރެއް ކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތްތައް ނިމުނު ނަމަވެސް ތިނަދޫގައި ތިބޭ އާރްޑީސީ މުވައްޒަފުން ދޫކޮށްނުލާނެ ކަމަށާއި، ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ތިނަދޫގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި މޫސާ އަލީ މަނިކު ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި ތިނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ މަގުތަކުގައި ތާރު އަޅައި ނިންމުމަށް އަމާޒު ހިފާފައިވާފައިވާ ކަމަށެވެ. އަވަސް ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ކޮލެޓީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން މޫސާ އަލީ މަނިކު ވިދާޅުވީ ތިނަދޫއަކީ މިއަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އައިސް ގޮސްވާ ރަށެއް ކަމަށާއި، ރަށުގެ މަގުތައް ތަރައްގީވެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރުމަކީ ގިނަ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ތިނަދޫގެ ރައްޔިތުންނަކީ އެންމެ ޝަކުވާ މަދު އެންމެ ގިނަ އުފެއްދުންތެރި ހިޔާލުދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް