Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީގެ ދެ ވަނަ ގޯލްކީޕަރު ރިކޯ އައިސީޔޫގައި

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ އަސްދުއްވަން އުޅުމުގެ ތެރޭގައި އަހުން ވެއްޓި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 06:04
ސާޖިއޯ ރިކޯ

ސާޖިއޯ ރިކޯ

ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ދެ ވަނަ ގޯލް ކީޕަރު ސާޖިއޯ ރިކޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ އަސް ދުއްވަން އުޅުމުގެ ތެރޭގައި އަހުން ވެއްޓި ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަހުން ވެއްޓި، ރިކޯގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން މިހާރު އޭނާ އަށް އަންނަނީ ސްޕެއިންގެ ސެވިއްޔާގައި ހުންނަ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އެންމެ ފުރަތަމަ އޭނާގެ ބޮލުގެ ޚާއްސަ ޓެސްޓުތަކެއް ހެދުން ކުރިއަށް ގެންދިޔަ ކަމަށާއި، ލިބުނު އަނިޔާ ސީރިއަސް ކަމަށް ޑަކްޓަރުން ބުނުމާއެކު، އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިކޯ އަންނަނީ ލޯނު އެއްބަސްވުމެެއްގެ ދަށުން ސްޕެނިޝް ލީގުގެ މަޔޯކާ އަށް ކުޅެމުންނެވެ. އޭނާ އެންމެ ފުރަތަމަ ޕީއެސްޖީ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު އެވެ. އެއް އަހަރު އެ ކުލަބަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ރިކޯ މަޔޯކާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެއީ މި ސީޒަނުގެ ނިޔަލަށެވެ. އެ ހާދިސާއާ ގުޅިގެން ޕީއެސްޖީން މިހާރު ވަނީ އެކުލަބުގެ ރަސްމީ ބަޔާނެއް ވެސް ނެރިފަ އެވެ. އަދި ރިކޯގެ ހާލަތު އާއިލާއާ ވާހަކަ ދައްކައިގެން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

04 ޑިސެމްބަރު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017
ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

13 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ރާއްޖޭގެ ފެތުންތެރިން ގައުމީ 6 ރިކޯޑެއް އާކޮށްފި

ރާއްޖޭގެ ފެތުންތެރިން ގައުމީ 6 ރިކޯޑެއް އާކޮށްފި

27 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު