Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސެރީއޭ

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

4 ޑިސެމްބަރު 2017 | ހޯމަ 13:13

އޭސީ މިލާނާއި ބެނެވެންޓޯގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ޑިސެމްބަރު 2017 | ހޯމަ 13:13
ބެނެވެންޓޯގެ ކީޕަރު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ބެނެވެންޓޯގެ ކީޕަރު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އިޓާލިއަން ސެރީއޭގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު މިނެޓުގައި ގޯލްކީޕަރު ޖެހި ލަނޑުން ލީގުގައި ބެނެވެންޓޯއަށް ފުރަތަމަ ޕޮއިންޓް ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު ބެނެވެންޓޯ އިން ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މި މެޗާ ކުރިމަތިލި އިރު ބެނެވެންޓޯ ލީގުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ކުޅުނު 14 މެޗުން ބަލިވެފައިވާއިރު މިއީ ޔޫރަޕުގެ ރެކޯޑެކެވެ.

ބެނެވެންޓޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އޭސީ މިލާންއިންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއަކޯމޯ ބޮނަވެންޓޫރާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މިލާންއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ބެނެވެންޓޯއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މެޗުގެ 50 ވަނަ މިނެޓުގައި ޖޯޖް ޕުސްކާސް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު މިލާން އިން ވަނީ އޭގެ ހަތް މިނެޓު ފަހުން އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލައި ކަލިނިޗްއެވެ.

ޖެހިޖެހިގެން 15 ވަނަ މެޗުން ބެނެވެންޓޯ ބަލިވާން ދަނިކޮށް އެ ޓީމަށް މެޗުން ޕޮއިންޓެއް ލިބިގެން ދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ކީޕަރު އަލްބާޓޯ ބްރިގްނޯލީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭނާ ވެގެން ގޮސްފައި ވަނީ 2001 ވަނަ އަހަރުގެ ފަހުން ސެރީއޭގެ މެޗެއްގައި ލަނޑު ޖެހި އެންމެ ފުރަތަމަ ގޯލްކީޕަރަށެވެ.

އިންޓަ މިލާން ވަނީ 5-0 އިން ޗިއޭވޯ ވެރޯނާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މި މެޗުގައި އިންޓައިން ޖެހި ލަނޑުތަކުގެ ތެރެއިން ތިން ލަނޑު ޖެހީ އިވާން ޕެރިސިޗްއެވެ. މައުރޯ އިކާޑީގެ އިތުރުން މިލާން ސްކްރިނާރް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ.

އިޓާލިއަން ސެރީއޭގެ ޓޭބަލްގެ އެއްވަނައިގައި 39 ޕޮއިންޓާ އެކު އިންޓަ އޮތް އިރު ދެވަނައިގައި 38 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ތިންވަނައިގައި 37 ޕޮއިންޓާ އެކު ޔުވެންޓަސް އޮތް އިރު ހަތަރު ވަނައިގައި 34 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް