Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ލަލީގާގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރާމޯސް ހަމަހަމަކޮށްފި

ސްޕެނިޝް ލަލީގާގައި ރާމޯސްއަށް ވަނީ މިހާތަނަށް މުޅި ޖުމްލަ 18 ރަތްކާޑު ދައްކާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 އޯގަސްޓު 2017 | ހޯމަ 06:33
ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް

ސްޕެނިޝް ލަލީގާގައި މިހާތަނަށް އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާގެ ރިކޯޑާއި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހަމަހަމަކޮށްފޮއެވެ.

ފައުލްތައް ގިނަ ކުޅުންތެރިޔެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރާމޯސް މި ރިކޯޑާއި ހަމަހަމަކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ޑިޕޯޓިވޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާއިއެކުއެވެ.

މި މެޗުގައި އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ. އެގޮތުން އޭނާއަށް އެންމެ ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޑިޕޯޓިވޯގެ ކުޅުންތެރިޔެއްގެ ގައިގައި އަތްލުމުގެ ސަބަބުންނެވެ. އަދި މެޗުގެ އިތުރު ވަގުތު ތެރޭގައި އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކާފައިވަނީ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ޑިޕޯޓިވޯގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާމޯސް ބުނެފައިވަނީ އޭނާއަށް ރަތް ކާޑު ހައްގު ނޫން ކަމަށާއި ރެފްރީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގަބޫލްކުރާކަމަށެވެ.

މި ރަތްކާޑާއިއެކު އޭނާއަށް ވަނީ ސްޕެނިޝް ލަލީގާގައި މިހާތަނަށް މުޅި ޖުމްލަ 18 ރަތްކާޑު ދައްކާފައެވެ. މީގެ ކުރިން ދެ ކުޅުންތެރިޔަކަށް ވަނީ މިއަދަދަށް ރަތް ކާޑު ދައްކާފައެވެ. އެއީ ރެއާލް ޒަރަގޯޒާއަށް މީގެ ކުރިން ކުޅުނު ޒަވީ އަގުއޭޑޯއާއި ޕަބްލޯ އަލްފާރޯއެވެ.

ރާމޯސްއަށް މި މެޗުގައި ރަތް ކާޑު ދެއްކި ކަމުގައިވިޔަސް ރެއާލްއިން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްއަށް ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ގެރެތް ބޭލް، ޓޯނީ ކްރޫސް އަދި ކަސިމޭރޯއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު