Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯޒޭ މޮރީނިއޯ

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

ފްރެންޗް ލީގުގައި ކޯޗުކޮށްދޭން މޮރީނިއޯ ބޭނުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2017 | ހުކުރު 02:42
ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ

ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗުކަމާ ހަވާލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ޕްރިމިއާ ލީގު ދޫކޮށްލުމަށް ފަހު، ފްރެންޗް ލީގަށް ކޯޗުކޮށްދޭން ދާން މޮރީނިއޯ ބޭނުންވާ ކަމަށާއި، އެކަން ކުރުމަށް މޮރީނިއޯ އެންމެ ރަނގަޅު ކްލަބަކީ ޕީއެސްޖީ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ މޮރީނިއޯ ބޭނުން ވަނީ ތަފާތު ތިން ޓީމަކާ އެކު ޗެމްޕިއަންސް ލީގު އުފުލާލަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަނުގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު 11 މެޗު ކުޅެފައިވާ އިރު، އެޓީމު މޮޅުވީ ހަތް މެޗުންނެވެ. އަދި ބާކީ ދެ މެޗުން އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ ބަލިވެގެންނެވެ.

ބެންފީކާ، ޕޯޓޯ، ޗެލްސީ، އިންޓަމިލާން އަދި ރެއާލް މެޑްރިޑް ފަދަ މޮޅެތި ޓީމުތަކަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކޯޗުކޮށްދިން 82 މެޗުގެ ތެރެއިން 50 މެޗުން އެޓީމު މޮޅުކޮށްދީ، 20 މެޗުން އެޓީމު އެއްވަރުކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ބަލިވީ 12 މެޗަކުންނެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ އިނގިރޭސި ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގް ވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު