Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްވިމިންގ

ރާއްޖޭގެ ފެތުންތެރިން ގައުމީ 6 ރިކޯޑެއް އާކޮށްފި

މި މުބާރާތުގެ ރާއްޖޭގެ ފެތުންތެރިންވަނީ  ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އާކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2017 | ބުދަ 04:17
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން

ތުރުކަމިނިސްތާނުގައި ހިނގަމުންދާ 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި ދިވެހި ފެތުންތެރިން ޤައުމީ 6 ރެކޯޑެއް އާކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ރާއްޖޭގެ ފެތުންތެރިން ވަނީ ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އާކޮށް، ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ.

އެގޮތުން ފިރިހެންނުންގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އާކޮށްފައި ވަނީ 02:35.51 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮންނަނީ މުޙައްމަދު ރާއިދު ޢަލީ އަތުގައެވެ.

ފިރިހެންނުންގެ 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައި ވަނީ 01:10.13 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮންނަނީ މުޙައްމަދު މުޢުތަސިމް އަދުނާނު އަތުގައެވެ. އޭނާ މި ރިކޯޑު ގާއިމުކުރީ 2014 ވަނައަހަރު ދޯހާގައި ބޭއްވުނު 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައެވެ.

އަންހެނުންގެ 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައި ވަނީ 01:27.53 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރިކޯޑު ކުރިން އޮންނަނީ މަރިޔަމް ނަފްޙާ ޢަލީ އަތުގައެވެ.

ހަމައެހެންމެ އަންހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 00:40.25 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ 2005 ވަނައަހަރު ތައިލެންޑްގައި ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި މަރިޔަމް ނަފްޙާ ޢަލީއެވެ.

އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފައި ވަނީ 00:34.02 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރިކޯޑު ކުރިން އޮންނަނީ ވެސް ސައުސަން އަތުގައެވެ. އެއީ 2016 ވަނައަހަރު ކެނެޑާގައި ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އޭރު އޭނާ ގާއިމްކުރި ރެކޯޑެކެވެ.

ފިރިހެނުންގެ 50 މީޓަރ ބެކް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އަލީ އިމްމާން އައުކޮށްފައި ވަނީ 00:31.28 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން އޮތީ ޙަސަން އިނާޔަތު އަތުގައެވެ.

މިމުބާރާތުގައި ރާއްޖެ ތަމްޞީލްކުރާ ފެތުންތެރިންނަކީ މުބާލް އަޢްޒާމް އިބްރާޙީމް، ޢަލީ އިންމާން، ޙަސަން އަޝްރަފް، އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި އައިމިނަތު ޝަޖަން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު