Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ.ތިނަދޫގެ ބަނދަރު އަޕްގްރޭޑްކުރުން

ވ.ތިނަދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު މި އަހަރުގެ ދެވަނަ ކުއާޓާގައި އެވޯޑްކުރަނީ

29 މެއި 2023 | ހޯމަ 04:51

މި މަސައްކަތަށް މިދިޔަ އަހަރުގެ ބަޖެޓްގައި 5،992،770 ރުފިޔާ ހިމެނި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 މެއި 2023 | ހޯމަ 04:51
ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް

ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް

ވ.ތިނަދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު މި އަހަރުގެ ދެވަނަ ކުއާޓާގައި އަލުން އެވޯޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އެމަނިކުފާނާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ އެ މަޝްރޫޢާ ގުޅިގެން މިހާތަނަށް ހިންގާފައިވާ މުއާމަލާތްތައް ތަފްސީލްކޮށްދެއްވާފައެވެ.

ފަޒުލް ސުވާލުކުރައްވާފައި ވަނީ ވ.ތިނަދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޕ.ީއެސ.ްއައ.ިޕީގެ ބަޖެޓުގައި ހިމެނިފައިވާއިރު އަދިވެސް މަސައްކަތް ނުފެށިވަނީ ކީއްވެގެންތޯ ސާފުކުރެއްވުމަށެވެ. އެގޮތުން ތިނަދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލުކުރައްވާފައިވެއެވެ.

ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް 16 އޮގަސްޓު 2022 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޑައިރެކްޓް އެވޯޑް އުސޫލުން ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުއްވާފައިވާ ކަަމަށެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ނިމުނު އިރު އެވޯޑް ނުކުރެވި ހުރި ޕްރޮޖެކްޓްތައް މިނިސްޓްރީ އޮފް ފިނޭންސްއިން ކެންސަލްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެ މަސައްކަތް އަލުން އެވޯޑްކުރަން މި އަހަރުގެ ދެވަނަ ކުއާޓާގައި ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ މަސައްކަތަށް ހޭދަވާނެ ކަމަށް ލަފާކުރެވެނީ އަހަރެއްހާ ދުވަސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢު އަށް ހޭދަކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ވަނީ 3،534،084 ރުފިޔާ (ތިން މިލިއަން ފަސްސަތޭކަ ތިރީސް ހަތަރު ހާސް އަށްޑިހަ ހަތަރު ރުފިޔާ) އެވެ.

އަދި މި މަސައްކަތަށް މިދިޔަ އަހަރުގެ ބަޖެޓްގައި 5،992،770 ރުފިޔާ (ފަސް މިލިއަން ނުވަސަތޭކަ ނުވަދިހަ ދެހާސް ހަތް ސަތޭކަ ހަތްދިހަ ރުފިޔާ) ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް