Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އަރބަންކޯއަށް އައްޔަންކުރެއްވުމުން ފަޒުލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފި

28 ނޮވެމްބަރު 2023 | އަންގާރަ 17:07

އަރބަންކޯގެ އެމްޑީއަކަށް ފަޒުލް އައްޔަން ކުރެއްވީ އަންގާރަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ނޮވެމްބަރު 2023 | އަންގާރަ 17:07
ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް

ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް

އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މިކަން ހާމަ ކުރެއްވީ އަންގާރަ ދުވަހު ވ. ފެލިދޫ ދާއިރާގެ ރައްޔިތުންނަށް އެޑްރެސް ކުރައްވައި އާއްމުކުރެއްވި ސިޓީއެއްގައެވެ. ފަޒުލް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ވެސް އަންގާރަ ދުވަހުއެވެ.

ދާއިރާގެ ރައްޔިތުންނަށް ފަޒުލް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކޮށްފައިވާތީ އެ މަގާމާ ހަވާލުވެލެއްވީ ރައްޔިތުންނާ ގާތުން، ޤައުމަށް ޚިދުމަތް ކުރުމުގެ މާތް ނިޔަތުގައި ކަމަށެވެ. އެހެންވެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ހަޔާތުގައި ޤައުމަށާއި ރައްޔިތުންނަށް އަދި ހާއްސަކޮށް ދާއިރާގެ ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް އަޑުއުފުލުގައި ދެގޮތެއްނުވެ، ސާބިތުކަމާއެކު ހުރެވުނުކުމުގައި ގަބޫލުކުރައްބާ ކަމަށެވެ. އަދި މަޖިލީހުގެ ހަޔާތުގައި ލިބިވަޑައިގެންނެވި އިލްމާއި ހިލްމު ބޭނުންކުރައްވައިގެން ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ވެސް މަޖިލީހުގެ ތަޅުމުގައި އަޑުއުފުއްލެވި ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލްގެ އިތުރުން މި ސަރުކާރުގެ ވަޒީރުންނަށް އައްޔަން ކުރެއްވި މެންބަރުން ވެސް ވަނީ މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރޭގައި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރިފު އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އަދި ބަންޑާރަ ނައިބަކަށް އައްޔަން ކުރެއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އިންތިޚާބުވެވަޑައިގަތުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފު ވެސް ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލިސްފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޟުލް ރަޝީދު

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް