Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރުދުޣާން އިންތިހާބު ކާމިޔާބުކުރުން

ތުރުކީގެ ރިޔާސީ އިންތިހާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި

29 މެއި 2023 | ހޯމަ 00:13

ވަގުތީ ނަތީޖާއިން އުރުދުޣާން ކާމިޔާބު ހޯއްދަވާފައިވާއިރު، ފައިނަލް ރަސްމީ ނަތީޖާ އަދި ހާމައެއް ނުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2023 | ހޯމަ 00:13
ވޯޓުގެ ވަގުތީ ނަތީޖާއެކު މަގުމައްޗަށް ނުކުމެ އުރުދުޣާން ސަޕޯޓަރުންނާއި މުހާތަބުކުރައްވަނީ

ވޯޓުގެ ވަގުތީ ނަތީޖާއެކު މަގުމައްޗަށް ނުކުމެ އުރުދުޣާން ސަޕޯޓަރުންނާއި މުހާތަބުކުރައްވަނީ

ތުރުކީގެ ރިޔާސީ އިންތިހާބު އެގައުމުގެ މިހާރުގެ ރައީސް، ރަޖަބް ޠައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.

މި ކާމިޔާބާއެކު މިއީ އުރުދުޣާން ތިންވަނަ ދައުރަކަށް ހޮވިގެން ދިއުމެވެ. އިސްތަންބޫލްގެ ބަހެއްގެ މަތިން އުފާފާޅުކުރަމުން ދިޔަ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އުރުދުޣާން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ކުރުމުގެ ޒިންމާ ވޯޓު ދެއްވި ފަރާތްތަކުން އޭނާއަށް ދީފައިވާ ކަމަށެވެ.

ވަގުތީ ނަތީޖާއިން އުރުދުޣާން ކާމިޔާބު ހޯއްދަވާފައިވާއިރު، ފައިނަލް ރަސްމީ ނަތީޖާ އަދި ހާމައެއް ނުކުރެއެވެ.

އުރުދުޣާންގެ ކާމިޔާބާއި ގުޅިގެން އެމަނިކުފާނާ ވާދަކުރެއްވި ކެމަލް ކިލިޗްދަރޮގްލޫގެ އަދި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

މި އިންތިޚާބަކީ ތުރުކީއަށް މިހާތަނަށް އެންމެ ބޮޑު ނަތީޖާ ނެރުނު އެއް އިންތިޚާބުގެ ގޮތުގައި ދެކެވުނުއިރު، އުރުދުޣާންގެ މަގުބޫލުކަން، ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މަގާމުން ދުރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރިއެވެ.

އޭގެ ބަދަލުގައި އުރުދުޣާންގެ ނާކާމިޔާބީއަށްވުރެ ކާމިޔާބީގެ ތަޞައްވުރު ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަދި ނޭޓޯގެ މެމްބަރު ޤައުމުގައި ދާޚިލީ، އިޤްތިޞާދީ، ސަލާމަތީ އަދި ޚާރިޖީ ސިޔާސަތު އަލުން ކުރަހާ، ތުރުކީ ސަރަހައްދީ ބާރެއްގެ ގޮތުގައި އުރުދުޣާން ދެމަހައްޓާފައިވެއެވެ.

ދައުލަތުގެ އަނަޑޯލޫ އެޖެންސީ އާއި އިދިކޮޅު އަންކާ ނިއުސް އެޖެންސީގެ ޑޭޓާއިން 99 އިންސައްތަ ފޮށި ގުނާ ނިމުމުއިރު، އޭނާއަށް ކުރި ހޯއްދެވުމާއި ގުޅިގެން ސަޕޯޓަރުން އުރުދުޣާންގެ އިސްތަންބޫލް ގެކޮޅު ކައިރިއަށް ކާމިޔާބީގެ އިންތިޒާރުގައި އެއްވިއެވެ.

ހައި އިލެކްޝަންސް ބޯޑުގެ ވެރިޔާ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އުރުދުޣާން ކިލިޗްދަރޮގްލޫ އަށް އިސްކޮށް ހުންނެވީ 54.47 އިންސައްތައިގެ ތާއީދާއެކު ކަމަށާއި ވޯޓު ފޮށިތަކުގެ 54.6 އިންސައްތަ ލޮގްކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ މަހު އައި ނުރައްކާތެރި ބިންހެލުންތަކާއެކު ލަސްކޮށް އިޖާބަ ދިނުމުން ވޯޓުލާ މީހުން އުރުދުޣާން އަށް ތާއިދުނުކުރާނެކަމަށް އިދިކޮޅުން ގަބޫލުކޮށް އެއީ އުރުދުޣާންގެ ބަލިގައިކަމުގައި ދެކުނެވެ.

އެކަމަކު މަޖިލިސް އިންތިހާބު ހިމެނޭ ގޮތަށް މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި އުރުދުޣާންގެ އޭކޭ ޕާޓީ ބިންހެލުން އައި 11 ޕްރޮވިންސްގެ ތެރެއިން 10 ޕްރޮވިންސްގެ އެއްވަނައަށް ނިކުމެ، އެކުވެރި ގައުމުތަކާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް