Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރައިންއަށް އެހީ

ޔޫކްރައިންއަށް އެހީ ނުވުމަކީ، ޗައިނާއަށް ދޭ ސިގުނަލެއްތަ؟

ޔޫކްރައިންގެ އެންމެ ވަރުގަދަ ރައްދު ހަމަލާ ދިނުމަށް، ޔޫކްރައިންއަށް އަސްކަރީ ގޮތުން އިތުރު ބާރުވެރިކަން ބޭނުންވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 މެއި 2023 | އާދީއްތަ 08:48
ޔޫކްރައިންއަށް އެހީ

ޔޫކްރައިންއަށް އެހީ

ފެބުރުއަރީ 24، 2022 ވަނަ ދުވަހު، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ޢަމުރުފުޅަށް، އެ ޤައުމުގެ އަސްކަރިއްޔާއިން ޚާއްޞަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އަރާ ދޭން ފެށި ހަމަލާތައް، ދުނިޔެ ސިފަކުރަނީ ހަނގުރާމައެއްގެ ގޮތުގައެވެ. އެ ހަނގުރާމައަކީ ރަޝިއާއާއި ޔޫކްރައިންގެ އަސްކަރީ ފައުޖުތަކާ ދެމެދު ކުރަމުން ދާ ހަނގުރާމައެއް ކަމަށް ސިފަ ކުރި ނަމަވެސް، ފަންގި ހިއްލާ ބަލާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ އަކީ، އެމެރިކާ އިސްވެ އޮވެ، ހުޅަނގާ އެއްބައިވެގެން، އެމެރިކާގެ ޒަމާންވީ ޢަދުއްވުންގެ ގޮތުގައި ދުނިޔޭގެ އިރުމަތީ ބިތުގައި އޮތް ޗައިނާއާއި ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި އެ މަންޒަރުތައް ސިފަ ނުވާ މީހަކު މަދުވާނެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން ދަނީ ޔޫކްރައިންގައި ކުރާ ހަނގުރާމާގައި އެ ޤައުމަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެ އެ އަސްކަރީ ގޮތުން ހުޅަނގުގެ ބާރު، އިރުމަތީ ބިތުގައި ގަދަ ކުރަމުންނެވެ. އެކަން ކުރުމަށް "މޮޅު" ހުއްޖަތްތައްވެސް ދައްކައެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ނަމަކީ، އެމެރިކާގެ އިސް ސެނެޓަރެއް ކަމަށް ވާ ލިންޑްޒީ ގްރޭމްއެވެ. ހަނގުރާމަ، އޭގެ އެންމެ އިންތިހާއަށް ގަދަވެފައި ވާ ޔޫކްރައިންގެ ވެރިކަން ކުރާ ކީވްގައި ހުންނަވާ، ވާހަކަދައްކަވަމުން ސެނެޓަރ ގްރޭމް ވިދާޅުވީ، ރަޝިއާއާ ދެކޮޅަށް ޔޫކްރައިނުން ކުރަމުން ދާ ހަނގުރާމާގައި، އެކަށީގެންވާ މިންވަރަށް ޔޫކްރައިންއަށް އެއްބާރުލުން ދިނުމަށް އެމެރިކާ ފެއިލްވެއްޖެ ނަމަ، އެއީ ޓައިވާން ހިފިދާނެ ކަމަށް ޗައިނާއަށް ދެވޭ ސިގުނަލަކަށް ވާނެ ކަމަށެވެ.

އެމެރިކާގެ އިދިކޮޅު ސިޔާސީ ޕާޓީ ނުވަތަ ރިޕަބްލިކަން ފިކުރުގެ ސެނެޓަރ ގްރޭމް ވަނީ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމަށް ފަހު ގްރޭމް ވިދާޅުވީ، އެމެރިކާއިން މިހާތަނަށް ޔޫކްރައިންއަށް ފޯރުކޮށްދީފައި ވާ 35 ބިލިއަން ޑޮލަރަށް ވުރެ އަގު ހުރި އަސްކަރީ ހަތިޔާރާއި ޢާލާތްތަކުގެ އިތުރުން، ޔޫކްރައިންއަށް އަދިވެސް އިތުރު ހަތިޔާރު ފޮނުވުމަށް، އެމެރިކާގެ ރައީސް، ޖޯ ބައިޑަންއަށް ޖެހިވަޑައިގަންނަވާ ކަމަށެވެ.

ގިނަ ބަޔަކު އެ ހަމަލާއެއްގެ އިންތިޒާރުގައި ތިބި، ޔޫކްރައިންގެ އެންމެ ވަރުގަދަ ރައްދު ހަމަލާ ދިނުމަށް، ޔޫކްރައިންއަށް އަސްކަރީ ގޮތުން އިތުރު ބާރުވެރިކަން ބޭނުން ވާ ކަމަށް ސެނެޓަރ ގްރޭމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާއާ ދެކޮޅަށް ހަރުކަށި ފިކުރު ގެންގުޅުމަކީ، އިންތިހާއަށް ބައިބައިވެފައިވާ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި، ދެ ފިކުރުގެ ތާޢީދު ލިބިފައިވާ މަދު ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ.

ޗައިނާގެ ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ، ޗައިނާގެ އިހުތިޞާސީ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ. ޗައިނާގެ އަސްކަރިއްޔާއިން ވަނީ ޓައިވާން ސަރަޙައްދުގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސް، ޓައިވާން މަތިން ހުރަސްކޮށް، މިސައިލްވެސް ފޮނުވާފައެވެ. އަމިއްލަ ވެރިކަމެއް ކުރާ ޓައިވާންއަށް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ، ނޭންސީ ޕެލޯސީ، އޯގަސްޓް 2022 ގައި ކުރެއްވި ދަތުރާ ގުޅިގެން، ޗައިނާއިން ވަނީ އެމެރިކާއާއެކު އަސްކަރީ އިމުން މުޢާމަލާތްތައް މެދުކަނޑަލާފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ގެންގުޅެނީ ދެފުށް ދެގޮތް، ނިފާޤު ސިޔާސަތެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އެމެރިކާއަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. އެމެރިކާއިން ބުނާ ބަހާއި އަމަލާ ދިމުގާނުވުމުގެ އަމަލުތައް ތަކުރާރުވަމުން ދިއުމުގެ ސަބަބުން، މުޅި ދުނިޔެ މިހާރު ވަނީ އެ ނިފާޤުކަން ފޫ އަޅުވާލާފައި ކަމަށް، އެމެރިކަން ޔުނިވަރސިޓީގެ ހިސްޓްރީ ޕްރޮފެސަރ، ޕީޓަރ ކުޒްނިކް ވަނީ ސިފަ ކުރައްވާފައެވެ.

ޗައިނާއާ ބެހޭ ގޮތުން އެމެރިކާގެ ވާހަކަ ކޮންމެ ގޮތަކަށް ހުރި ކަމުގައި ވިއަސް، ޗައިނާއާ މެދު ދުނިޔެ ދެކެނީ ތަފާތު ނަޒަރަކުން ކަމަށާ، އެކަން އެހެން ދިމާވަނީ، އެއް ފަހަރު އެއް ގޮތަކަށް ވާހަކަދެއްކުމަށްފަހު، އަނެއް ފަހަރު އެހެން ގޮތަކަށް އަމަލު ކުރުމުގެ ނިފާޤުގައި ހުޅަނގުގައި ފެތުރިފައި އޮތްކަން ޗައިނާއިން ޤަބޫލު ކުރާތީ ކަމަށް ޕްރޮފެސަރ ކުޒްނިކް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ބާރުގެ ދަށުގައި އޮތް ޓައިވާން މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފި ކަމުގައި ވަނީނަމަ، ޗައިނާ ސަރުކާރުގެ އަސްކަރިއްޔާއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ޗައިނާއިން އެމެރިކާއަށް ހަނގުރާމައެއްގެ އިންޒާރުވެސް ވަނީ ދީފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު