Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން އެތުލެޓިކްސް

އޭޝިއާ އެތުލެޓިކްސްގެ އެންމެ މަތީ އެވޯޑު ރާއްޖޭގެ ޠަލާލަށް

27 މެއި 2025 | އަންގާރަ 04:21

މިއީ އޭޝިއަން އެތުލެޓިކްސް އިން، އެތުލެޓިކްސް އެސޯސިއޭޝަނެއްގެ ކުރީގެ ރައީސަކަށް މި އެވޯޑު އެރުވި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 04:21
އޭޝިއާ އެތުލެޓިކްސްގެ އެންމެ މަތީ އެވޯޑާ ޠަލާލް ހަވާލުވަނީ

އޭޝިއާ އެތުލެޓިކްސްގެ އެންމެ މަތީ އެވޯޑާ ޠަލާލް ހަވާލުވަނީ

އޭޝިއަން އެތުލެޓިކްސް އިން ދެމުން އަންނަ އެންމެ މަތީ އެވޯޑު، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މުޙައްމަދު ޠަލާލް އަށް އަރުވައިފި އެވެ.

ޠަލާލް އަށް މި އެވޯޑު އަރުވާފައި ވަނީ ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ އޭޝިއަން އެތުލެޓިކްސްގެ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ޠަލާލް އަށް އެވޯޑު އަރުވާފައި ވަނީ އެ ޖަމިއްޔާގެ ރައީސް ދަޙްލާން އަލް ޙަމަދު އެވެ.

ލީޑަޝިޕް އެވޯޑުގެ ނަމުގައި ދެމުން އަންނަ މި އެވޯޑަކީ އޭޝިއަން އެތުލެޓިކްސް އިން ދެމުން އަންނަ އެންމެ މަތީ އެވޯޑެވެ. މި އެވޯޑު ދެމުން އަންނަނީ ޤައުމުތަކުގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ތިއްބަވާ ފަރާތްތަކެވެ.

އެހެން ނަމަވެސް، މިއީ އޭޝިއަން އެތުލެޓިކްސް އިން، އެތުލެޓިކްސް އެސޯސިއޭޝަނެއްގެ ކުރީގެ ރައީސަކަށް މި އެވޯޑު އެރުވި ފުރަތަމަ ފަހަރެވެ. ކޮންގްރެސްގައި ވަނީ ޠަލާލްގެ އިތުރުން، ކުރީގެ އެހެން ރައީސަކަށް ވެސް މި އެވޯޑު އަރުވައިފަ އެވެ.

ޠަލާލް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމަ އަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާފައި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ޠަލާލް ގެންދެވީ ރައީސް ކަމުގެ ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުން ޠަލާލް އިސްތިއުފާ ދެއްވާފައި ވަނީ، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ވަޑައިގެންނެވުމަަަށެވެ. އެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ޠަލާލް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނަވައި، ޠަލާލް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ނައިބު ރައީސްކަމުގެ މަޤާމު ވެސް އަދާ ކުރައްވާފައި އެވެ. އެއީ 2021 ވަނަ އަހަރު އޮތް އެމްއޯސީގެ އިންތިޚާބުގައި ވާދަ ކުރައްވައިގެންނެވެ.

ޠަލާލްގެ ރައީސްކަމުގައި އެތުލެޓިކްސް އެސޯސިއޭޝަން އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޚާއްސަކޮށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރާއްޖެ އިން ވަނީ އެތުލެޓިކްސް އިން ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް