Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައީމާގެ މަރުގެ މައްސަލަ

ނައީމާގެ މަރުގެ ތުހުމަތުކުރާ އެކަކު ހައްޔަރުކޮށްފައި ހުރީ 56 ގްރާމް ޑްރަގާއެކު

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 05:26
ނ. މަނަދޫ

ނ. މަނަދޫ

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން އެކަކު ފުރަތަމަ ހައްޔަރުކޮށްފައި ހުރީ 50 ގްރާމް ޑްރަގާއެކު ކަން ހާމަވެއްޖެއެވެ.

ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ތުހުމަތުކުރާ އެކަކީ އުމުރުން 23 އަހަރުގެ އަޚުޒަމް އަބްދުއް ޝަކޫރެވެ. އޭނާއަކީ ނ. މަނަދޫއަށް ނިސްވަތްވާ މީހެކެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މީގެ ދެތިން ދުވަސް ކުރިން އޭނާ ހައްޔަރުކޮށްފައި ވަނީ މަރުގެ މައްސަލައާ ގުޅިގެންނެއް ނޫނެވެ. އޭރު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެ މައްސަލާގައި ހައްޔަރުކުރުމަށްފަހު ފުރަތަމަ 3 ދުވަހަށް ބަންދުކުރިއެވެ.

އަދި 3 ދުވަސް ހަމަވުމުން އަނެއްކާވެސް ބަންދާމެދު ގޮތެއް ނިންމުމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 14 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ވުމާއެކު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 9 ޖޫން 2023ށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މިއީ ޖިނާއީ ބޮޑު މައްސަލައަކަށް ވާއިރު، ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައިވެސް 56 ގްރާމް ހުރިކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ހެކިބަސް ނަގަން މޖެހޭ މީހުންގެ ތެރޭގައި އޭނާގެ މަންމައާއި ބައްޕަ، އަދި އެއްބަނޑު އެއްބަފާ މީހުން ތިބިކަމަށް ފުލުހުން ބުނެފައިވާތީ، ހެތްކަށް ނުފޫޒު ފޯރުވާފާނެކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ބަންދުކުރީއެވެ.

ޑްރަގް މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމި މި މަޖިލީހުގައި ފުލުހުން ވަނީ، އޭނާއަކީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތެއްކަން ފާހަގަކޮށްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މައްސަލާގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ހައްޔަރުކޮށް، ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދީ، އޭނާ ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބަލައިގެންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރާއި ހަމަލާ ދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދައިލުމަށްފަހު ފަސްއަޅައި ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ނައީމާގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެދަށުގައި މިހާރު އެބަތިބި ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްނ. މަނަދޫނައީމާ މޫސާގެ މަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު