Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އެއްވެސް ބަހަނާއެއް ނެތް، އަހަރެމެން ނާކާމިޔާބުވީ: ސަލާހް

ލިވަޕޫލަކީ 18/19ގެ ޗެމްޕިއަނުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 މެއި 2023 | ހޮނިހިރު 05:39
ލިވަޕޫލްގެ މުހައްމަދު ސަލާހް

ލިވަޕޫލްގެ މުހައްމަދު ސަލާހް

ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުން ދެއްްކޭނެ އެއްވެސް ބަހަނާއެއް ނެތްކަމަށާއި ޓީމަށް ނާކާމިޔާބުވީކަމަށް، ލިވަޕޫލްގެ މުހައްމަދު ސަލާހް ބުނެފިއެވެ.

ލިވަޕޫލަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބެން އޮތީ މެންޗެސްޓަރ ޔުނައިޓެޑު ކުޅޭ އެންމެ ފަހު ދެ މެޗުން ބަލިވެގެންނެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ 4-1ން ޗެލްސީގެ މައްޗަށް ކުރިހޯދައި، ޔުނައިޓެޑުން ވަނީ ލިވަޕޫލަށް އޮތް ހަނި ފުރުސަތު ގެއްލުވާލައި، ޓީމު މާޔޫސްކޮށްލާފައެވެ.

ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗަށްފަހު ސަލާހު ވަނީ ޓްވިޓަރގައި އޭނާގެ ހިތްދަތި ޝުއޫރުތައް ފާޅުކޮށްފައެވެ. އޭނާ ބުނީ އެއްވެސް ބަހަނާއެއް ދެއްކެން ނެތްކަމަށާއި، ކުރިޔަށް ދިއުމަށް ފުރުސަތު ލިބުނުއިރު އެ ފުރުސަތުގެ ބޭނުން އެެންމެ ރަނގަޅަށް ނުހިފުނީކަމަށެވެ. އޭގެ އިތުރުން ސަލާހު ބުނީ، ލިވަޕޫލް ވީމައި އެންމެ ކުޑަމިނުން ޗެމްޕިއަންސް ލީގަށް ކޮލިފައި ވާން ޖެހޭނެކަމަށެވެ. އަދި އުންމީދީ ޕޯސްޓެއް ޖަހަން މާ އަވަސްކަމަށް ސަލާހު ބުންޏެވެ.

2016 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ވާދަކުރާއިރު، 18/19ގެ ޗެމްޕިއަނުންނަކީވެސް ލިވަޕޫލެވެ. ކުރިޔަށް އޮތް ސީޒަނުގައި ލިވަޕޫލް ކުޅޭނީ ޔުރޮޕާ ލީގެވެ.

ޕްރިމިއަރ ލީގުލިވަޕޫލްމުހައްމަދު ސަލާހު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު