Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ނަފްސަށާއި ރޫހަށް ފަރުވާ ކުރަން ބޭނުންވާނަމަ ޤުރުއާން ކިޔެވުމަށް ޚުތުބާގައި ގޮވާލައިފި

26 މެއި 2023 | ހުކުރު 08:38

އެކަލާނގެއަށް އުރެދޭ މީހުންނަށް ވެސް އެކަލާނގެ މުހުލަތެއް ދެއްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2023 | ހުކުރު 08:38
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މާތް ﷲގެ ރަހްމަތްފުޅު ނުވާނަމަ އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވެވީސް ކަމަށާއި، ނަފްސަށާއި ރޫހަށް ފަރުވާ ކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔެވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''މާތް ﷲ ގެ ރަހްމަތްފުޅުގެ ތަނަވަސްކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ﷲ ރަހްމަތްފުޅު ނުވާނަމަ އަހަރެމެން މި ދުނިޔޭގައި ނުވާނެ ކަމަށާއި، އެކަލާނގެ ރަހްމަތްފުޅު ނުވާނަމަ އަހަރެމެން ދިރިނުތިބީސް ކަމަށެވެ. އަދި އެކަލާނގެ ރަހްމަތްފުޅު ނުވާނަމަ އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވެވީސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް މުސްލިމުންނާއި ކާފިރުންނަށް ވެސް ދުނިޔެމަތީގައި ރަހްމާންވަންތަ ރަސްކަލާނގެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަލާނގެއަށް އުރެދޭ މީހުންނަށް ވެސް އެކަލާނގެ މުހުލަތެއް ދެއްވާ ކަމަށެވެ. އެއީ އެމީހުން ހޭވަރިވެ ތައުބާވެ މާތް ﷲ ގެ ހަޒުރަތަށް އެނބުރި އާދޭތޯ ކަމަށެވެ.

ޚުތުބާގައި ބުނީ އެމީހުންނަށް ދުނިޔޭގައި އަރާމާއި ލައްޒަތު ދެއްވާ ކަމަށާއި، ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވާ ކަމަށެވެ. ބިރުތަކުން ސަލާމަތް ކުރައްވާ އަމާންކަން ދެއްވާ ކަމަށާއި، އެމީހުން މާތް ﷲއަށް ކާފިރުވެ ޝަރީކު ކުރާ އިރުގައި ވެސް އެމީހުންނަށް ވަގުތުން އަޒާބު ނުދެއްވާ އެމީހުންނަށް މުހުލަތު ދެއްވާ ކަމަށެވެ. އެއީ މާތް ﷲގެ ރަހްމަތްވަންތަ ކަމުގެ ބޮޑުކަމުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތްﷲ ރަހްމަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަހަރެމެންގެ ހަޔާތް މާތް ﷲގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށާއި، އެއީ މުނިފޫހިފިލުވައިދޭ މިތުރެއް ކަމަށެވެ. އެއީ ކަންބޮޑުވުން ދުރަށްލައިދޭ އެކުވެރިއެއް ކަމަށާއި، އެއީ އަހަރުމެންގެ ބަލިތަކުގެ ޝިފާއެއް ކަމަށެވެ. ފުރާނައިގެ ކާނާ ކަމަށްވާއިރު، ތިމާ މާތް ﷲ އަށް މުނާޖާ ދަންނަވަން އެދޭނަމަ ޤުރުއާން ކިޔަވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް ބޭނުންވާނަމަ އަދި އިމާންކަން ހަރުދަނާ ކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވަންޖެހޭ ކަމަށާއި، ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތް ކުރަން ބޭނުންވާނަމަ އަދި ނަފްސަށާއި ރޫހަށް ފަރުވާ ކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ އެކަކު އަނެކަކަށް އޯގާތެރިވުމަށް ގޮވާލާފައެވެ. މާތް ﷲގެ ރަހުމަތް ލިބޭނީ އެކަކު އަނެކަކަށް ރަހުމްކޮށްގެން ކަމަށާއި، އަބާއްޖަވެރިއަކީ ރަހުމްނުކުރާ މީހުން ކަމަށް ބުނެފައިވެއެވެ. އަދި ތިބާގެ ގެއަކީ ބާއްޖަވެރި އުފާވެރި ގެއަކަށް ހެދުމަށް ތިބާގެ އަހްލުބައިތުންނަށް ރަހްމުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް