Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން

5 ވަނަ މާސްޓަރ ޕްލޭނާއެކު އާމްދަނީ 6 ބިިލިއަން ޑޮލަރަށް!

އަހަރު ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭނީ 4.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 މެއި 2023 | ހުކުރު 03:36
މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުން

މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުން

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭނާއެކު އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.

2023 އިން 2027 އަށް އެކުލަވާލާފައިވާ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފައިވަނީ ބުރާސްފަތި ދުވަހުވެއެވެ. މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޑރ. ނައުޝާދު ވަނީ ޕްލޭންގައި ހިމެނޭ މައިގަނޑު ކަންކަން ތަފްސީލުކޮށްދެއްވާފައެވެ.

Advertisement - businessAdvertisement

ޑރ. ނައުޝާދު ވިދާޅުވީ ރާއްޖެއިން ގެންގުޅެނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޝަންއެއް ކަމަށާއި، މިކަން ހާސިލްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރުކޮށް ވާދަވެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ. މި މަސައްކަތްތަކުން ފަތުރުވެރިކަމުން އަހަރެއްގެ މައްޗަށް ރާއްޖެއަށް ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ މާސްޓަރ ޕްލޭންގެ އަމާޒެއް ކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ. 2027 ވަނަ އަހަރު މި މާސްޓަރ ޕްލޭންގެ މުއްދަތު ނިމޭއިރު އަމާޒު ހާސިލްވާނެ ކަމަށާއި، މިއީ އިންޑަސްޓްރީ ސްޓޭކްޖޯލްޑަރުންނާއި، ސަރުކާރުން އަދި މުޖުތަމައު ގުޅިގެން ހާސިލްކުރަން މަސައްކަތްކުރަންޖެހޭ ޓާގެޓެއް ކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.

ޑރ. ނައުޝާދު ވިދާޅުވީ މިއަހަރު ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭނީ 4.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށް އަންދާޒާކޮށްފައިވާކަމަށެވެ. 6 ބިލިއަން ޑޮލަރަށް އާމްދަނީ އިތުރުކުރުމަށް ފަތުރުވެރިން ރާއްޖޭގައި ރޭކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށާއި، މި އަދަދު އަހަރަކު 8.8 އިންސައްތަ އިތުރުކުރުމަށް ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ނިމޭއިރު ބެޑްނައިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 13 މިލިއަންގައެވެ. 2027 ގެ ނިޔަލަށް މި އަދަދު 18 މިލިއަނަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. 2022 ވަނަ އަހަރު ނިމުނުއިރު ބެޑް ނައިޓް ހުރީ 11.9 މިލިއަންގައި ކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.

ޑރ. ނައުޝާދު ވިދާޅުވީ މި ޓާގެޓު ކަނޑައަޅާފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އަދި މި ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް އެކޮމޮޑޭޝަނަށް އިންވެސްޓްކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭގައި 15 އަމާޒެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ހުރިހާ އަތޮޅަކަށް ފަތުރުވެރިކަމުން ލިބޭ މަންފާ އިތުރުކުރުމާއި، އައު އުފެއްދުންތައް އިތުރުކޮށް އައު އިންވެސްޓްމެންޓްތައް ކުރުމާއި، ދާއިރާ ޑިޖިޓަލްކުރުން ފަދަ މުހިންމު އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ.

ޓޫރިޒަމް މިނިސްޓްރީ5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު