Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި މައްސަލަ

ފުއްގިރި މައްސަލަ: ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދިއްޖެ

ޖޮއިންޓް ތަހުގީގުގެ ފަހުމުނާމާގެ ސްކޯޕް ނޭނގުމުގެ ސަބަބުން ދިފާއަށް އޭގެ ގެއްލުންތައް ހުރިކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2023 | ބުރާސްފަތި 08:12
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަހުމަދު ކްރިކް ރިޒާގެ ފަރާތުން، މި މައްސަލައިގައި ހުށައަޅާފައިވާ ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދިއްޖެއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަައަޅާފައިވާ އިއުތިރާޒުތައް ހުށައެޅުމަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ. ދެފަރާތުންވެސް ހުށައަޅާފައިވަނީ ދާދި އެއް ނުކުތާތަކެކެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާފައިވާ ލިއުންތައް ފިޔަވައި ދެން ހުރި ލިއުންތަކަކީ މި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ ލިއުންތަކެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދޭ ކަމަށެވެ.

މި މައްސަލައިގެ ދައުވާ ކޮށްދިނުން އެދި ފޮނުވަން ޖެހޭނީ ރިޔާސީ ކޮމިޝަނުން ކަމަށާއި، ނަމަވެސް މައްސަލައިގެ ދައުވާ ހުށައެޅުމަށް ފޮނުވާފައިވަނީ ފުލުހުންކަމަށްވެސް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.  

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މެދުގައި ފަހުމުނާމައެއް ހެދިފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށާއި، ތަހުގީގުގައި ޖަވާބުދާރީވިއިރު އެ ފަހުމުނާމާގެ ސްކޯޕް ނޭނގުމުގެ ސަބަބުން ދިފާއަށް އޭގެ ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށެވެ.  

ގާޒީ ވަނީ ޖޮއިންޓް އިންވެސްޓިގޭޝަނާ ގުޅޭ އެއްބަސްވުން ޝަރީއަތަށް ހިއްސާ ކުރުމަށް ދައުލަތަށް ދަންނަވާފައެވެ. އެގޮތުން އެއްބަސްވުން ހިއްސާ ކުރުމުން، އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ގޮތުގައި މި ކަންކަން ދިފާއުން ހުށައަޅާފައިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މިއީ ޤާނޫނީ އަސާސްތަކަށް ބިނާކޮށް މީގެ ކުރިންވެސް ހުށައެޅުމުގެ ފުރުސަތު އޮތް ހުށައެޅުންތަކެއްނޫންތޯ ގާޒީ ދިފާއާ ސުވާލު ކުރެއްވިއެވެ.

ތިންވަނަ ހުށައެޅުމެއްގެ ގޮތުގައި ހުށައަޅާފައިވަނީ މި މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯދާފައިވާ ބޭންކް ސްޓޭޓްމަންޓްތަކަކީ ޤާނުނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއްކަމަށް ބަޔާންކޮށް އެ ހެކިތައް ބަލައިނުގަތުމަށް އެދިފައިވާ ހުށައެޅުމެކެވެ.

ބޭންކް ސްޓޭޓްމަންޓުތައް ހޯދާފައިވަނީ ތަހުގީގީ އިދާރާތަކުން ފޮނުވި ސިޓީއަކުން ކަމަށާއި، ކޯޓު އަމުރެއް ނެތިކަަމަށް ދިފާއުން ބުނެއެވެ.

މި ނުކުތާތަކަށް ދައުލަތާއި ދިފާއުންވެސް މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޙަވާލާދީ ރައްދު ދީފައިވެއެވެ.

މި އަޑުއެހުން އެހިސާބުން ނިންމަވާލައްވާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އެ ކަންކަމަށް ގޮތެއް ނިންމަވާނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ފުއްގިރިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު