Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުމުރުން 10 އަހަރުގެ ޓުއަރގައިޑް

ޢުމުރުން އެންމެ 10 އަހަރުގެ ޓުއަރގައިޑަށް ސެލިއުޓް!

ފައްރާންގެ ޚިދުމަތީ ވަކި އަގެއް ކަނޑައަޅައިގެން ދޭ ޚިދުމަތެއް ނޫން ނަމަވެސް، ހެޔޮ ހިތުން މީހުން ދޭ ކޮންމެ މިންވަރެއްވެސް އޭނާ ބަލައިގަނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 07:10
ފައްރާން ޢަޒުމު ކަނޑައަޅައިގެން ހުރީ، ތަޢުލީމީ ޙަޔާތް ނިންމާލުމަށް ފަހުގައިވެސް ޕްރޮފެޝަނަލް ފެންވަރެއްގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް

ފައްރާން ޢަޒުމު ކަނޑައަޅައިގެން ހުރީ، ތަޢުލީމީ ޙަޔާތް ނިންމާލުމަށް ފަހުގައިވެސް ޕްރޮފެޝަނަލް ފެންވަރެއްގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް

ލުބްނާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށް ވާ ސައިދާގެ ތާރީޚީ އަދި ފަތުރުވެރި މަންޒިލްތަކަށް، ދޭސީ އަދި ބިދޭސީ ފަތުރުވެރިން ގޮވައިގެން ކޮޅުކޮޅަށް ހިނގާތީ އެ ފެންނަނީ ޢުމުރުން އެންމެ 10 އަހަރުގެ ޢަބްދުއްރަޙްމާން އަލް-ފައްރާންއެވެ.

އުފަން އަވަށަށް ހިތުގައި ދެވިފައި އޮތް ހާއްސަ ލޯތްބެއްގެ އިތުރުން، ގޭތެރެގެ ޚަރަދުތައް ބެލެހެއްޓުމުގައި، ބަލި ބައްޕައަކަށް އެހީވުމުގެ ގޮތުން، މަސައްކަތުގެ މައިދާނަށް ފައްރާން ނުކުތީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. މި މަސައްކަތަކީ ސްކޫލް ނިންމާލުމަށް ފަހު ދެން އޮންނަ ވަޤުތުގައި އޭނާ ކުރާ ކަމެކެވެ. ކޮންމެވެސް ވަރަކަށް އިނގިރޭސިން ވާހަކަދައްކަން އެނގޭ ފައްރާން ވަނީ، ބިދޭސީ ފަތުރުވެރިންނާ މުޢާމަލާތު ކުރަންވެސް ދަސްކޮށްފައެވެ.

ދާދި އަވަހަށް 11 އަހަރު ފުރެން ގާތްވެފައި ވާ ފައްރާންއަކީ، ސައިދާ ސިޓީގެ ރަށްވެހިން ދަންނަ، އެންމެ ހަގު ޓުއަރ ގައިޑްއެވެ. ސައިދާގެ ތާރީޚާ ބެހޭ މަޢުލުމާތު ދަސްކުރީ، ޕްރޮފެޝަނަލް ފެންވަރެއްގައި ޓުއަރ ގައިޑުންގެ ޚިދުމަތްދޭ މީހުންނާ އެކީގައި އުޅެގެންނެވެ. ފައްރާންގެ ޚިދުމަތީ ވަކި އަގެއް ކަނޑައަޅައިގެން ދޭ ޚިދުމަތެއް ނޫން ނަމަވެސް، ހެޔޮ ހިތުން މީހުން ދޭ ކޮންމެ މިންވަރެއްވެސް އޭނާ ބަލައިގަނެއެވެ.

އަވަށު މީހުންގެ ފަރާތުން ފައްރާންއަށް މުޅިންވެސް ލިބެނީ ތަޢުރީފެވެ. ސައިދާގެ ޤަދީމީ ސަރަޙައްދުތަކުގައިވެސް ފަތުރުވެރިން ގޮވައިގެން ފައްރާން ހަރަކާތްތެރިވެއެވެ. އިހުގެ ގަނޑުވަރުތަކާއި ހައްމާމްތައް ދައްކާލަން ގެންދެއެވެ.

ފައްރާން ޢަޒުމު ކަނޑައަޅައިގެން ހުރީ، ތަޢުލީމީ ޙަޔާތް ނިންމާލުމަށް ފަހުގައިވެސް ޕްރޮފެޝަނަލް ފެންވަރެއްގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެކަމަށް، އޭނާގެ ޢާއިލާގެ ރުހުންވެސް އެބައޮތެވެ.

ޅަ ޢަމުރުގައި ޒިންމާ އުފުލަން ދަރިންނަށް ދަސްކޮށްދިނުމަކީ އެކަމުގެ ފައިދާ، ހެޔޮ ގޮތުގައި ލިބިގެންދާނެ ކަމެއްކަން މިފަދަ ވާހަކަތަކުން އަންގައިދެއެވެ. ދަރިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނުލިބޭ ގޮތަށް އެ ދަރިން ޒިންމާދާރު ކުރުވުމުގައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. ޤައުމެއްގެ މުސްތަޤުބަލު އުޖާލާ ވާން އޮތީ އެ ޤައުމެއްގެ ޅަދަރީން ހެޔޮ ގޮތުގައި ބޮޑު ކުރެވިގެން ކަމީ، ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

ޓުއަރގައިޑްލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު