Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އިޓާލިއަން ކަޕް ދިފާއުކޮށް، އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފި

ފައިނަލް މެޗު ކާމިޔާބުކުރީ 2-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 މެއި 2023 | ބުރާސްފަތި 02:57
އިންޓަރ މިލާނުން އިޓާލިއަން ކަޕް ޓްރޮފީ އުފުލާލަނީ

އިންޓަރ މިލާނުން އިޓާލިއަން ކަޕް ޓްރޮފީ އުފުލާލަނީ

އިޓާލިއަން ކަޕް ދިފާއުކޮށް, އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދާފައިވާ އިންޓަރ މިލާނުން, އިޓާލިއަން ކަޕް ދިފާއުކުރީ ފައިނަލްގައި 2-1 ން ފިއޮރެންޓީނާ ބަލިކޮށްގެންނެވެ. ފައިނަލް މެޗު އިންޓަރ މިލާނުން ކާމިޔާބުކުރީ ފިއޮރެންޓީނާއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައިވަނިކޮށެވެ. އެއީ ތިން ވަނަ މިނެޓުގައި ގޮންޒަލޭޒް ޖެހި ލަނޑުންނެވެ. އިންޓަރ މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނީވެސް, މެޗުން މޮޅުކޮށްދިން ލަނޑު ޖެހީވެސް ލައުޓާރޯ މާޓިނޭޒްއެވެ. މެޗުގައި ތިން ލަނޑުވެސް ފެނުނީ ފުރަތަމަ ހާފްގައެވެ.

ސީޒަންގައި އިންޓަރ މިލާނަށް ކުރިއަށް އޮތް ބޮޑު މެޗަކީ ޗެމްޕިއަންސް ލީގު ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ވާދަކުރާ މެޗެވެ. މެޗު ކުޅޭނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފިއޮރެންޓީނާއަށް އޮތީ ޔޫރޮޕާ ކޮންފެރެންސް ލީގު ފައިނަލްގައި ވެސްޓްހޭމް ޔުނައިޓެޑާ ވާދަކުރާ މެޗެވެ. އެމެޗު ކުޅޭނީ އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ.

އިޓާލިއަން ކަޕްއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު