Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

މުހަންމާ ވެސް ޕީޕީއެމްއިން ވަކިވެއްޖެ

ސަރުކާރުން ވަނީ ޕާޓީން މެމްބަަރަކު ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ޖުލައި 2017 | ހޯމަ 09:31
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް އިން ވަކިވެވަޑައި ގަންނަވައިފި އެވެ.

ޕީޕީއެމްއަށް މުހަންމާ ފޮނުއްވާފައިވާ ސިޓީގައި ވަނީ ސަރުކާރުން މިވަގުތު ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކަކީ އެބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށްދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑެތި ހުރަސްތަކަކަށް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިވަގުތު ސަރުކާރު ނިސްބަތްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ، މަސައްކަތްކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، ހޯމަ ދުވަހުން ފެށިގެން ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް މުހަންމާ ވިދާޅުވި އެވެ.

އެހެންކަމުން ހޯމަ ދުވަހުން ފެށިގެން ޕީޕީއެމް މެމްބަރުން ކަމުން ވަކިކޮށްދިނުމަށް މުހަންމާ ވަނީ އެސިޓީގައި އެދިވަޑައިގަންނަވާފަ އެވެ.

މުހަންމާ އެސިޓީ ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެމައްސަލައިގައި ބުނަނީ މަޖިލިސް މެމްބަރަކު ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އަދި ޕާޓީން މެމްބަރަކު ވަކިކުރައްވައިފި ނަމަ މަޖިލީހުގައި އެ މެމްބަރަކު ތަމްސީލްވާ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފަ އެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ތޯރިގް ވެސް ޕީޕީއެމުން ވަކިވެއްޖެ

10 ޖުލައި 2017
ތޯރިގް ވެސް ޕީޕީއެމުން ވަކިވެއްޖެ
10 ޖުލައި 2017

ސިނާނު ވެސް ޕީޕީއެމުން ވަކިވެއްޖެ

10 ޖުލައި 2017
ސިނާނު ވެސް ޕީޕީއެމުން ވަކިވެއްޖެ
09 ޖުލައި 2017

އިލްހާމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

09 ޖުލައި 2017
އިލްހާމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި
08 ޖުލައި 2017

މަސީހުއާ ދެކޮޅަށް މިހުރީ ސާބިތު ކަމާއެކު، ސޮއި އަނބުރާ ނުގެންނާނަން: މުހަންމާ

08 ޖުލައި 2017
މަސީހުއާ ދެކޮޅަށް މިހުރީ ސާބިތު ކަމާއެކު، ސޮއި އަނބުރާ ނުގެންނާނަން: މުހަންމާ
07 ޖުލައި 2017

މެމްބަރު ޝަހުދީވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

07 ޖުލައި 2017
މެމްބަރު ޝަހުދީވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު