Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހްގެ އިތުބާރު ވޯޓު

މަސީހުއާ ދެކޮޅަށް މިހުރީ ސާބިތު ކަމާއެކު، ސޮއި އަނބުރާ ނުގެންނާނަން: މުހަންމާ

އަޅުގަނޑު ވޯޓު ދޭނީ މަސީހާ ދެކޮޅަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ޖުލައި 2017 | ހޮނިހިރު 15:17
މެމްބަރ މުހައްމަދު ޢަބްދުﷲ ކޮޅުނބުގައި ރައީސް ނަޝީދާ ބައްދަލު ކުރައްވަނީ

މެމްބަރ މުހައްމަދު ޢަބްދުﷲ ކޮޅުނބުގައި ރައީސް ނަޝީދާ ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރުކުރެއްވުމަށް ހުންނެވީ ސާބިތުކަމާއެކުގައި ކަމަށާއި އެކަން ބަދަލު ނުކުރައްވާނެ ކަމަށް މަސީހު ބޭރުކުރުމަށް ރައީސް ޔާމީންގެ ފެކްޝަންގައި ހުންނަވައިގެން ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރ މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެއެވެ.

މުހަންމާ މިހެން ވިދާޅުވީ މަސީހާ ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ކޮޅުނބުގައި ހުންނަވައިގެން ރާއްޖެ ޓީވީގެ 60 މިނިޓްއަށް ހޮނިހިރު ދުވަހުގެ ރޭ ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

"އަޅުގަނޑު މަސީހާ ދެކޮޅަށް ރައްޔިތުންގެ ރުހުމާ އެއްކޮޅަށް މަސީހު ބޭރުކުރުމަށް ވޯޓް ދިނުމަށް ސާބިތުކަމާއެކު މިހުރީ. އިރާދަކުރެއްވިއްޔާ އެޚިޔާލަކަށް އެއްވެސް ބަދަލެއް ނާދޭ އަދި ނުވެސް އަންނާނެ. އަދި ޕީޕީއެމުން ވަކިވުމާމެދު ވަކިގޮތެއް ނުނިންމަން. އެކަމަކު އެހިސާބަށް ގޮއްސިއްޔާ އެކަން ކުރަން ޖެހިއްޖިއްޔާ އެކަންވެސް ކުރާނަން. ދަންނަވާލަން އޮތީ ރައްޔިތުންނާ އެކީގައި ރައްޔިތުންގެ ފަޅީގައި ސަރުކާރާ ފޭގައި." މުހަންމާ ވިދާޅުވިއެވެ.

ސޮއި ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ބައްދަލު ކުރަން މަސައްކަތް ކުރިކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ވިދާޅުވާނީ ކީކޭތޯއޭ ދެންނެވުމުން މުހައްމާ ވިދާޅުވީ ސިޔާސީ ގޮތުން އެބޭފުޅުންނަށްވެސް ކުރެވެންހުރި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާއި އެހެންމަވެސް އޭނާ ހުންނެވީ ވަރަށް ސާބުތުކަމާއެކީގައި ކުރެއްވި ސޮޔާ އެއްގޮތައް ރައްޔިތުންގެ ފަޅީގައި ރައްޔިތުން އެދޭގޮތައް ކަމަށެވެ. އަދި މިފަހަރު މަސީހު އާ ދެކޮޅަށް ވޯޓް ދެއްވަން ނިންމަވައިގެން ހުންނެވިކަމަށް މުހައްމާ ވިދާޅުވިއެވެ.

ސަރުކާރު ފަޅީގައި ތިއްބެވި ގިނަ މެންބަރުން މަސީހުއާ ދެކޮޅަށް ސޮއި ކުރެއްވި ސަބަބާ ގުޅޭގޮތުން މުހައްމާ ވިދާޅުވީ މައިގަނޑު ސަބަބަކީ ސަރުކާރުގެ ތެރޭގައާއި ޕީޖީ ގުރޫޕްގެ ލީޑަރޝިޕް ފެއިލްވުން ކަމަށެވެ.

އެގޮތުން މުހައްމާ ވިދާޅުވީ އޭނާއަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޕީޕީއެމްގައި ހުރެގެން އެޕާޓީގެ ވިޕްލައިނާ އެއްގޮތައް ހުރިހާ ވޯޓެއްވެސް ދެއްވި މެމްބަރެއް ކަމަށާއި ގޮވާލާ ކޮންމެ ކަމެއްގައި ސާބިތުވެ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕާޓީގެ ކެނޑިޑޭޓުން ހޮވުމަށްޓަކއިވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވިން ކަމަށެވެ.

މުހަންމާ ވިދާޅުވީ އެހެންނަމަވެސް އެގޮތުގައި ދެމިހުންނެވީ ތަފާތު ގޮންޖެހުންތަކާއެކުގައި ކަމަށާއި ހުރިހާ މާޔޫސްތަކާއެކު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކުވެސް ކުރިއަށް ދެވޭތޯ ވަރަށް ގިނަ ފަހަރު މަތިން ހުންނާނީ މަސައްކަތް ކުރެވިފައި ކަމަށެވެ.

"ތަފާތު ބައްދަލުވުންތަކުގައި އަޅުގަނޑުގެ އިހްސާސްތައް ހުންނާނީ ޕާޓީގެ އެންމެ އިސްފަރާތްތަކާ ހިއްސާ ކުރެވިފައި. އެހެންނަމަވެސް މިއަދާ ހަމައަކަށް އެއިން އެއްވެސް ކަމަކަށް ހައްލު ލިބިގެނެއް ނުދިޔަ. އަދި ހަމަ އެއާއެކު ނިމިގެން ދިޔަ ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކަކީވެސް ކޮބައިކަން އަޅުގަނޑަށް އިހްސާސް އެބަ ކުރެވޭ. އެހެންވީމާ ޕީޕީއެމްއާއކު ކުރިއަށް ދިއުމަކީ އަދި ސަރުކާރާއެކު މިވަގުތު ކުރިއަށް ދިއުމަށް އަޅުގަނޑުގެ ސިކުނޑިއަށް ހަމަ ނުފެންނާތީ އަދި ޕީޕީއެމް ރަނގަޅު ކުރުމަށް މިދަންނަވާ އުސޫލުގެ ތެރެއިން މަޖިލީހުގެ ތެރެއިންވެސް އެބޭފުޅުންނާ އެއްކޮށް ހުންނާނީ ކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ދާއިރާއިރާގެ ރައްޔިތުންނާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާކަށް އަޅުގަނޑުގެ ނަޒަރުގައި ކުރެވުނު މާބޮޑު ކަމެއް ނެތް." މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ އޭނާގެ ނިންމުން ނިންމީ ކަންކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާ ރަނގަޅު ނުކުރެވިގެން ކަމަށާއި އެކަން ރަނގަޅުވެއްޖިއްޔާ ކިތައްމެހާވެސް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މިހާރު ރަނގަޅު ނުކުރެވޭ ހާލަތައް ގޮސްފައިވާކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މުހައްމާ ވިދާޅުވީ 10 މެންބަރަކު އެގޮތައް ނިންމެވީ ހަމަ ހުރެފާ ނޫން ކަމަށާއި ރައްޔިތުންވެސް އެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

"މީ އަސްލު ޤައުމަށްޓަކައި ޤައުމާ ދޭތެރޭ ވިސްނާފަ ރައްޔިތުންގެ ފަޅިއަށް އައުން އެއީ މިވަގުތައް އެންމެ ބުއްދިވެރި ގޮތްކަމަށް ފެންނާތީ ކަމަށް އަޅުގަނޑު ދެކެނީ" މުހައްމާ ވިދާޅުވިއެވެ.

މަސީހު ބޭރު ކުރުމުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމާ ގުޅޭގޮތުން މުހައްމާ ވިދާޅުވީ މިއަދު ޤަބޫލް ކުރަން ޖެހޭ ޙަޤީގަތަކީ 42 މެންބަރުންގެ ނިންމެވުމަށް އެކަމަކީ ނިމޭ ކަމެއް ކަމަށާއި މަސީހު ބޭރުކުރަން ލާފައިވާ ޕެޓިޝަންގައިވެސް 45 އެބައުޅޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ވޯޓުގައިވެސް އެކަން އެގޮތައް ނިމިގެންދާނޭ ކަމަށް ޔަޤީން ކުރައްވާކަމަށް މުހަންމާ ވިދާޅުވިއެވެ.

މުހަންމާ ވިދާޅުވީ މެންބަރުން މީގެ ކުރިންވެސް ތިއްބެވީ އެނިންމަވާ ގޮތަކަށް ކަމަށާއި އެސޮއި އެޅުއްވި ފަހުން މިވީ ދުވަސްތަކުގައި އެސޮއި ބަދަލުކުރަން ޖެހޭވަރުގެ އިސްލާހީ ބަދަލެއް ސަރުކާރުގެ ތެރެއިންވެސް އަދި ޕީޕީއެމްގެ ތެރެއިންވެސް އައިސްފައި ނުވާ ކަމަށެވެ. އަދި އެކަންކަން ރައީސުލް ޖުމްހޫރިއްޔާވެސް ކުރައްވައިފިނަމަ މެންބަރުންގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެ ކަމަށައި ނަމަވެސް ކަންކަން ދާގޮތުން ދެން އެކަން ކުރެއްވިދާނެ ކަމަށް ޤަބޫލު ނުކުރެއްވާކަމަށް މުހަންމާ ވިދާޅުވިއެވެ.

ސޮއި އެޅުއްވި ބޭފުޅުންވެސް އެގޮތުގައި ސާބިތުކަމާއެކު ތިއްބަވާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދަޅުވަމުން މުހަންމާ ވިދާޅުވީ ސޮއި ނުކުރައްވާ ޕީޕީއެމްގައި ތިއްބެވި މެންބަރުންނަށްވެސް ކަންވަމުންދާގޮތް އެނގޭނެ ކަމަށާއި ކަންކަން ރަނގަޅު ވެދާނެ ކަމަށް ޤަބޫލު ކުރެއްވޭ ބައެއް މެންބަރުން އަދި ތިއްބެވި ނަމަވެސް ކުރިއަށް އޮތްނުގައި އެބޭފުޅުންނަށްވެސް ޕީޕީއެމްއާއެކު ތިއްބެވި ދާނެކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށް މުހައްމާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު