Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

މެމްބަރު ޝަހުދީވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

7 ޖުލައި 2017 | ހުކުރު 17:16

ޝަހުދީ ވަނީ ޕާޓީން ވަކިވިކަން އަންގާ ސިޓީއެއް ފޮނުއްވާފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 7 ޖުލައި 2017 | ހުކުރު 17:16
މެމްބަރު ޝަހުދީ

މެމްބަރު ޝަހުދީ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުން ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވެ ވަޑައިގެންފިއެވެ.

ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ޕާޓީން ވަކިވެވަޑައިގަންނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައި ޝަހުދީ ވަނީ އެކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. ޢަބްދުﷲ ޚަލީލަށް އަންގަވާފައެވެ.

ޑރ. ޚަލީލަށް ފޮނުއްވި ސިޓީގައި ޝަހުދީ ވިދާޅުވީ، ޕަޓީން ވަކިވެވަޑައިގަންނަވަން ނިންމެވީ، "މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ" ކަމަށެވެ.

"މިއަދުން ފެށިގެން ތިޔަ ޕާޓީގެ ދަފުތަރުން އަޅުގަނޑު އުނިކޮށްދެއްވުން އެދެމެވެ" ސިޓީގައި ޝަހުދީ ވިދާޅުވެފައިވެއެވެ.

ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމަވައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލަށް ޝަހުދީ ފޮނުއްވެވި ސިޓީފުޅު

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ ގޮނޑި ޝަހުދީ ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެން ސަރުކާރުގެ ދިފާއުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމަށް ސޮއި ކުރެއްވި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރޭގައިވެސް ޝަހުދީ ހިމެނިވަޑައިގަންނައެވެ.

ޕީޕީއެމްގެ ބައެއް މެޖިލިސް މެމްބަރުން މި ދުވަސްވަރު ގެންދަވަނީ ޕާޓީންނާއި ޕާޓީގެ މަޤާމްތަކުން ވަކިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންވެސް ވަނީ ދާދިފަހުން ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައި އޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް