Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކެނޑިޑޭޓުން ހޮވީ މަސްޓޭންކަކުން: ޙަސަން ލަތީފް

ފެންނަނީ ދޯހަޅި ސިޔާސަތުތަކެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 18 މާރިޗު 2017 | ހޮނިހިރު 02:02
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަދި އެމްޔޫއޯގެ ހިޔަނި މިނިސްޓަރ، އަލްއުސްތާޛް ޙަސަން ލަތީފް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަދި އެމްޔޫއޯގެ ހިޔަނި މިނިސްޓަރ، އަލްއުސްތާޛް ޙަސަން ލަތީފް

ޕީޕީއެމްއިން ލޯކަލް ކައުންސިލަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން ގެންދާ ކަންކަމަށް ފާޑުވިދާޅުވެ، އިންތިޚާބުތައް ކުރިއަށްދާ ގޮތް ސަރުކާރުން ދަސްކުރަން ޖެހޭ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި އެމްޔޫއޯގެ ހިޔަނި މިނިސްޓަރ، އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އިދިކޮޅު ފަރާތްތަކުން އއ. އުކުޅަހުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޙަސަން ލަތީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމާއި، ޑިމޮކްރެޓިކް އުސޫލަކީ ސަރުކާރު ދަންނަ އެއްޗެއް ނޫން ކަމަށާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެނޑިޑޭޓުން ނެރުމަށް ކަން ކުރެއްވި ގޮތުންވެސް އެކަން ހާމަވާ ކަމަށެވެ.

Advertisement - newsAdvertisement
"މީގެ މަސްޓޭންކަކަށް، ޕީޕީއެމްގެ ކެނޑިޑޭޓުންގޮތަށް ފާހަގަކުރެއްވޭ ބޭފުޅުން، އެބޭފުޅުންގެ ނަންތައް ކަރުދާސްކޮޅެއްގައި ޖެއްސެވުމަށްފަހު، މިދެންނެވި މަސްޓޭންކަށް، ދެން ފެން އަޅާފައެއް ނޫން ހުރީއެއް، އެހެންނަމަވެސް، ހުސްޓޭންކަކަށް ލާފާ، ގުރުއަތުނަގާހެން ނަގައިގެން ކެނޑިޑޭޓުން ނަންގަވައިގެން އެބޭފުޅުންގެ ޕްރައިމަރީ ނިންމަވައިގެން އެ ތިއްބެވީ. މީ ޕީޕީއެމްގެ ޕްރައިމަރީ ބޭއްވިގޮތް. އަޅުގަނޑުމެންނަށް ދަސްވެފައި މި އޮންނަނީ، އަދި އަޅުގަނޑުމެންނަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ކުރާ ގޮތް އެނގިފައިވެސް އޮންނަނީ، ވޯޓަކީ ފޮއްޓަށް ލާއެއްޗެއް. އެއީ ފޮށިން ނަގާއެއްޗެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ މި ކަންކަން ކުރާ އުސޫލު ސަރުކާރަށް ދަސްކޮށް ދިނުމަށް އިދިކޮޅު ފަރާތްތައް ތައްޔާރަށް ތިބި ކަމަށާއި، އިދިކޮޅު ފަރާތްތަކާއި އަރައި ސަރުކާރަށް ފައިހަމަ ކުރެވޭނީ އޭރުން ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތް، ޕްރައިމަރީ ބާއްވާ ގޮތާއި، އިންތިޚާބުތައް ބާއްވާ ގޮތާ، މި ހުރިހާ ކަމެއް ދަސްކުރައްވައިގެން އެބޭފުޅުން އަޅުގަނޑުމެންނާ ފައި ހަމަ ކޮށްލެވޭނީ. އަޅުގަނޑުމެން ފަޚުރުވެރިކަމާއެކީ މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ، މި ޕާޓީން، މި އިންތިޚާބު، ބޮޑުތަނުން ކާމިޔާބު ކުރާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ރާއްޖެއަށް ތަޢާރަފު ކުރި ނިޒާމެއްކަން ފާހަގަ ކުރައްވާ، ޙަސަން ލަތީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ޤައުމު ހިންގުމުގެ ބަދަލުގައި މާލެއަށް އާބަދީ ތޮއްޖައްސައިގެން ސިޔާސަތު ހިންގެވުމުން، އެ ސިޔަސަތުގެ ދޯހަޅުކަން ފެންނަ ކަމަށާ، އޭގެ ނަތީޖާ މިއަދު މާލޭގެ މުޖުތަމައު ތެރޭގައި ހުރި ނޭދެވޭ އެކި ކަންކަމަށް ބަލައިލުމުން ސާފުވާ ކަމަށެވެ.

"މިއޮތް ރީތި ޖަޒީރާ ޤައުމު، ދޫކޮށްލާފަ މާލެއަށް، މުޅި އާބާދީ ތޮއްޖައްސައިގެން، އެ ކުޅުއްވަން އުޅުއްވާ ކުޅިވަރަކީ ހަމަ ގައިމުވެސް އަޅުގަނޑުމެން އެކަކުވެސް ބަލަން ބޭނުން ކުޅިވަރެއް ނޫން. އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދަނީ، ބަލިތައް އާންމުވެ، އިޖުތިމާއީ އެކި އެކި މައްސަލަތައް މިދެންނެވިހެން މާލޭގަ ގިނަވަމުން މި ދަނީ ސަރުކާރުގެ ސިޔަސަތުގެ ދޯހަޅިކަމުން. ޖަޒީރާވަންތަ ޤައުމެއްގެ ސިފައިގައި ހިންގެން އޮތް ދިވެހިރާއްޖެ، އެ ނިޒާމް ދޫކޮށްލާފާ، އެ ޖަޒީރާވަންތަކަން ދޫކޮށްލާފާ، މާލެއަށް ތޮއްޖެއްސުމުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

ޙަސަން ލަތީފް ވިދާޅުވީ، މީގެން ފެންނަނީ ސަރުކާރުގެ ނާގާބިލުކަމާއި ސިޔާސަތެއް ނެތްކަން ކަމަށާއި، އަދި ސިޔާސަތެއް އޮތް ނަމަ، އެ އޮތް ސިޔާސަތުގެ ދޯހަޅިކަން ކަމަށެވެ. ޙަސަން ލަތީފް ވިދާޅުވީ، މިއަދު ފެންނަމުންދަނި ސަރުކާރު ބޮއްސުން ލާފައިވާ ތަން ކަމަށާއި، ޕެނަޑޯލް ބައްސަވަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދަނީ، ބޮއްސުން ލައިގެންދާ ސަރުކާރެއް އޮތްތަން. ޕެނަޑޯލް ގުޅައެއް ބައްސަވަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިންނަވާ ހިސާބަށް ދިޔައިމާ، އަޅުގަނޑު ދިވެހި ރައްޔިތަކަށް ވީމާ ލަދުގަނޭ. އަޅުގަނޑު ލަދުގަނޭ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އެ ދަބަހުން ޕެނަޑޯލް ކާޑެއް ފެންނަން އޮންނަ ފޮޓޯތައް އާންމުވާތީ. ދިވެއްސަކަށް ވީތީ،" އޭނާ ވިދާޅުވި އެވެ.

އަދި ސަރުކާރެއްގެ އޮނިގަނޑު ގެއްލި، ވަކި ބަޔަކު ހުރިހާ ކަމެއް ކުރާތަން ފެންނަކަމަށާ، އޭގެ ތެރެއިން ނުކުންނަ ބަޔަކާއި ކައުންސިލްތައް ހަވާލު ކުރަން ހެޔޮނުވާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"ވައްކަން ކުރައްވާ ވާހަކައެއް އަޅުގަނޑު ދަންނަވަނީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ލަދުގަނޭ މުލިއާގެއަށް ޕެނަޑޯލް ބައްސަވަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނާ، އަދި އެ އަނބިކަނބަލުންގެ އައުވާނުން އެއްކުރައްވައިގެން، އިންނަ މަންޒަރު ފެނުނީމާ، ސަރުކާރު ކޮބާތޯ، އަލުގަނޑުމެންނަށް އެ ސުވާލު އެބަ އުފެދޭ. ކޮބާތޯ ހެލްތު މިނިސްޓަރު. ކޮބާތޯ އެކިއެކި ކަންކަން ހަވާލުކުރައްވާފާ، މުސާރަދެއްވާފާ، ތިބި ބޭފުޅުން. މިއީ ދޯހަޅިކަން. ދެން މި ދައްކާ ވާހަކައަކީ، އެތަނުން އެ ނުކުންނަވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ރަށްރަށް ހިންގުމުގެ، ކައުންސިލް ހަވާލުކުރާ ވާހަކަ. މާތް ކަލާކޯ. ހެޔޮނުވާނެ. ހެޔޮނުވާނެ އޭން ބޭފުޅަކަށް އެއްވެސް ކަމެއް ހަވާލުކުރާކަށެއް، އެއްގޮތަކަށްވެސް އެ ބޭފުޅުންނަކީ އެކަމަށް ޤާބިލު ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކަންކަން މިފަދައިން ބޮއްސުންލައިގެން ގޮސްފައިވާއިރު، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް އެންމެ އެކަށޭނަ ގޮތުގައި ނުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަބަބުންކަން ހަސަން ލަތީފް ވަނީ ފާހަގަ ކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަމަށް ޒިންމާ ނުވާނެ ގޮތެއް އެއީ ނެތް ގޮތެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަސްތުގައި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް، ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުޞަތު ބަންދުކުރައްވައިގެން އިންނެވުމުގެ ނަތީޖާ އަކީ މިއަދު މުޅި ރާއްޖެއަށް ބަލިމަޑުކަން ފެތުރިގެން ދާއިރު، އިދިކޮލު ފަރާތެއްގެ ގޮތުން އެމްޑީޕީ އޮވެ، ސުވާލެއް ކޯށްލެވޭނެ ފުރުބަތުވެސް ރައްޔިތުންގެ މަޖިލީހުގައި ނެތްކަން. މިއީ ހިތާމަ ހުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޙަސަން ލަތީފް ވިދާޅުވީ، ކިތަންމެ ވަރަކަށް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި ނަމަވެސް، އެމްޑިޕީގެ މަސައްކަތް ނުހުއްޓޭނެ ކަމަށާ، ކުރިޔަށް އޮތް އިންތިޚާބުގައި ބޮޑުތަކުން ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު