Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ދިގު މުއްދަތަކަށް އޮޑެގާޑުގެ އެއްބެސްވުން އައުކުރުމުގެ މަޝްވަރާތައް އާސެނަލުން ފަށަނީ

މިހާރު އާސެނަލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 04:41
އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑު

އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑު

އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑުގެ އެއްބަސްވުން ދިގު މުއްދަތަކަށް އައުކުރުމުގެ މަޝްވަރާތައް ފެށުމަށް އެކުލަބުން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އޮޑެގާޑު އެންމެ ފުރަތަމަ އާސެނަލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރުގެ ފަހު ކޮޅު އާސެނަލުން ވަނީ އޮޑެގާޑާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ހަތަރު އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ނަމަވެސް އާސެނަލުން ބޭނުންވާ ނަމަ އިތުރު އެއ އަހަރަށް އޭނާ ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ދަށުން އޮވެ އެވެ. އާސެނަލްގައި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި އޮޑެގާޑު ދިގު މުއްދަތަކަށް ކުލަބުގައި ބެހެއްޓުމަށް އާސެނަލުން ބޭނުންވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާއާއެކު ދިގު މުއްދަތަކަށް އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް އެކުލަބުން ފަށާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަނެއްކޮޅުން އޮޑެގާޑު ވެސް ހުރީ އާސެނަލްގައި ހިތްހަމަޖެހިގެން ކަމަށާއި، އެ ކުލަބުގެ ހުށަހެޅުން އޭނާ ޤަބޫލު ކުރުން ގާތް ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޑެގާޑު ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 104 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. އާސެނަލްގެ ކެޕްޓަން ބޭންޑު ޕިއޭ އެމެރިކް އޮބާމަޔަން އަތުލައި، ވަގުތީ ގޮތުން ހަވާލުކުރީ އަލެކްސަންޑަ ލަަކަޒޭޓާ އެވެ. ނަމަވެސް މިިދިޔަ ސީޒަނުގައި އޭނާ ކުލަބު ދޫކޮށްލަން ނިންމުމާއެކު ކޯޗު މިކޭލް އާޓެޓާ ކެޕްޓަން ބޭންޑު ދީފައި ވަނީ ޒުވާން ކުޅުންތެރިޔާ އޮޑެގާޑު އަށެވެ. އޭގެ ފަހުން އާސެނަލްގެ ކެޕްޓަންގެ ޒިންމާ ނަަގައިގެން ކުޅެމުން އަންނަނީ ވެސް އޭނާ އެވެ.

އާސެނަލްމާޓިން އޮޑެގާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު