Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާންގެ ދާޚިލީ ހަނގުރާމަ

ދާޚިލީ ހަނގުރާމާގައި ބެދި 1 އަހަރު: ސޫދާންއަށް ތަފާތު ރަމަޟާން މަހެއް!

މީގެ ކުރީ އަހަރުތަކަށް ބަލާއިރު ސޫދާންއަކީ ރަމަޟާން މަހާ ދިމާކޮށް، އިޖުތިމާޢީ އެއްވުންތަކުގެ ރޫޙު ވަރުގަދަ ވެގެންދާ މަންޒަރު ފެންނަ ޤައުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 މާރިޗު 2024 | އާދީއްތަ 10:41
ސޫދާންގައި ދިގުލައި ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ޢަދަދު 8.5 މިލިއަނަށް އަރާ ކަމަށް އދގެ ރެކޯޑްތަކުން ދައްކާ

ސޫދާންގައި ދިގުލައި ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ޢަދަދު 8.5 މިލިއަނަށް އަރާ ކަމަށް އދގެ ރެކޯޑްތަކުން ދައްކާ

ހިނގަމުން މިދާ ރަމަޟާން މަހަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ގިނަ ބަޔަކަށް ތަފާތު ފަހަރެކެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ 2 ސަރަޙައްދެއްގައި ކުރަމުންދާ ވަރުގަދަ ހަނގުރާމަތައް ދިގުލައިގެން ގޮސްފައި އޮތުމަކީ އެއް ސަބަބެވެ. އެފަދަ އެއް ސަރަޙައްދަކީ ސޫދާންއެވެ. ސޫދާންގައި ދާޚިލީ ހަނގުރާމައެއް ފެށީ މީގެ އަހަރެއް ކުރިން، 1444 ވަނަ އަހަރުގެ ރަމަޟާން މަސް ނިމެން ގާތްވެފައި ވަނިކޮށެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސޫދާންއިން އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވަނީ ވެފައެވެ. އެތައް ޢާއިލާއެއްގެ މެންބަރުންތަކެއް ވަކިވެ ހިނގައްޖެއެވެ. ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ފައުޖުތަކާ ދެމެދު ކުރަން ފެށި ހަނގުރާމަ، ހުއްޓުމެއް ނެތި ކުރިއަށް ގެންދާ އިރު މުޅި ސޫދާންއަށް ވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ. އެކަމަކު އަސަރުތައް، މި ރަމަޟާން މަހު ސާފުކޮށް އެ ހުރީ ފެންނާސެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ ހާއްސަ މައްސަރެކެވެ. ހަމަ އެފަދައިން، ޢާއިލީ އެއްވުންތަކާއި ތަނަސް ސުފުރާތަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމުގެ ޘަޤާފަތާވެސް ގުޅިފައި އޮތް ދުވަސްތަކަކަށް ރަމަޟާން މަސްވެއެވެ. ނަމަވެސް މި ފަހަރުގެ ރަމަޟާން މަހަކީ، ސޫދާންއަށްވެސް ތަފާތު މައްސަރެކެވެ. މުޅިންހެން އޮތީ ފަޅުކަމެވެ. ރެފިއުޖީންގެ ގޮތުގައި ދުވަސްތައް ގުނަން މަޖުބޫރުވެފައި ވާ އިރު، ޒަމާނުއްސުރެ ކަންކުރަމުން އައި ގޮތާއި އާދާކާދަ ދޫކޮށްލަން މަޖުބޫރުވެފައި ތިބި މީހުންގެ ޢަދަދު މަދެއް ނޫނެވެ. އެފަދަ އެކަކީ މުޙައްމަދު ޢަލީއެވެ. މުޙައްމަދު ޢަލީއަކީ ސޫދާންގައި ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާއިރު ސޫދާންއަކީ ރަމަޟާން މަހާ ދިމާކޮށް، އިޖުތިމާޢީ އެއްވުންތަކުގެ ރޫޙު ވަރުގަދަ ވެގެންދާ މަންޒަރު ފެންނަ ޤައުމެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެކިއެކި ޖަމާޢަތްތަކުން މީހުން އެއްވެ، އެކުގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް އަދުގެ ހާލަތު މުޅިން ތަފާތެވެ. މުޙައްމަދު ޢަލީ ފަދަ އެތައް މިލިއަން ބަޔަކަށް މިއަދު މަޖުބޫރު ވެފައި އާންމު ބަދިގެތަކުން ތައްޔާރުކުރާ ކާ އެއްޗަކަށް އިންސާފުކޮށް، ބަނޑާއި ހިތް ފުރާލުމަށެވެ.

ސޫދާންގައި ދިގުލައި ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ޢަދަދު 8.5 މިލިއަނަށް އަރާ ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ. އެކިއުޓް ހަންގަރ، ނުވަތަ ބަނޑުހައިހޫނުކަމުގެ އެންމެ ސީރިއަސް ފައްތަރާ ކުރިމަތިލާން ޖެހިފައި ތިބި މީހުންގެ ޢަދަދު އުޅެނީ ގާތްގަނޑަކަށް 18 މިލިއަނުގައެވެ. ސޫދާންގައި މިހާރު ކުރަމުން ދާ ހަނގުރާމައަކީ، އެ ޤައުމުގެ ވަޒަންވެރިންގެ ދީލަތިކަމާއި މެހެމާންދާރީގެ ސިފަވަންތަ ޢަބުރުގެ އިމްތިހާނަކަށް ވަނީ ވެފައެވެ.

ދެމިގެންދާ ގޮތަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓުވާ އެއްބަސްވުމަކަށް އައުމަށް މީގެ ކުރިން ކުރި މަސައްކަތްތައް ކާމިޔާބު ނުވި ކަމުގައި ވީ ނަމަވެސް، ރަމަޟާން މަހު އަނެއްކާވެސް ސުލްހައިގެ މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ސޫދާންގެ ރައްޔިތުންވެސް މިހާރު ބުނަމުން ދަނީ "ވާ ވަރަށް" ހަނގުރާމަ ކުރެވިއްޖެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު