Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާންގެ ޝަރުޢީ ނިޒާމު

ކުޑަކުދިންނާއި އަންހެނުން ވަގަށް ނަގާ، މަޖުބޫރުން ކައިވެނި ކުރުވުމުގެ ފަހަތުގައި ހަނގުރާމަވެރިންނާއި ސިފައިން!

ހަތިޔާރު އަޅައިގެން ތިބޭ ފިރިހެނުން ގޮސް، ކުޑަކުދިންނާއި އަންހެނުން ވަގަށް ނެގުމަށް ފަހު، އެ ޢާއިލާތަކަށް ނިސްބަތްވާ ފިރިހެނުން ގިނަ ފަހަރަށް މަރާލަނީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 14:11
ޔާސްމީން ސޫކާ؛ ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ ޗެއަރޕަރސަން

ޔާސްމީން ސޫކާ؛ ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ ޗެއަރޕަރސަން

ރަށެއް ނުވަތަ ޤައުމެއް ރަށްވެހިކަމުގެ ގޮތުން ކުރިއަރާ ދިއުމާއި، ތަރައްޤީއާއި ތަހުޒީބުގެ ފޮނި ހުވެފެންތަކާއެކު ކުރިމަތިލި 21 ވަނަ ޤަރުނަކީ އަހަރެމެން ހީ ވެސް ނުކުރާ އެތައް ކަމަކާ ކުރިމަތި ކުރުވަމުންދާ ޤަރުނެކެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދުނިޔެ އޮތް ޙާލަތަށް އަނބުރާ ދެވިފައި އޮތީއޭ ހީވާ ދަރަޖައަށް، ކަންކަން ވަނީ ގޯސްވެފައެވެ. ދެކުނު ސޫދާންއަކީ މި ދެންނެވި ގޮތަށް، އަދުގެ މި ޒަމާނުގައި ބަޔަކު ހީވެސް ނުކުރާ ފަދަ ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރުވެފައިވާ ރައްޔިތަކު ދިރިއުޅެމުން ދާ ޤައުމެކެވެ.

ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ ގޮފިން، މިދިޔަ ހުކުރު ދުވަހު ފާޅު ކުރި ކަންބޮޑުވުމުންވެސް އެކަން އަންގައިދެއެވެ. ދެކުނު ސޫދާންއަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް އެތައް ހައިޖާނެއްގެ ތެރެއިންވެސް އިންސާނުން ވަގަށް ގެންދިއުމާއި، އިންސާނީ ވަގުފާރީގެ މައްސަލައަކީ އެންމެ ބޮޑުވެފައި ވާ އެއް މައްސަލައެވެ. ނުވިތާކަށް، ދެކުނު ސޫދާންގެ ޝަރުޢީ ނިޒާމުގެ ކަންކަން، ގޯހުން ގޯހަށް ގޮސްފައި ވާ ކަމުގެ އިންޒާރުވެސް ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ ގޮފިން ވަނީ ދީފައެވެ.

ދެކުނު ސޫދާންގެ ވެރިކަން ކުރާ ޖޫބާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނީ، އެންމެ ބޮޑަށް މައްސަލަ ގޯސްވެފައި ވަނީ ދެކުނު ސޫދާންގެ އިރުމަތީ ސަރަޙައްދުގައި ކަމަށެވެ. އެއީ އިތިއޮޕިއާއާ ބޯޑަރު ހިއްސާ ކުރާ ސަރަޙައްދެވެ.

ހަތިޔާރު އަޅައިގެން ތިބޭ ފިރިހެނުން ގޮސް، ކުޑަކުދިންނާއި އަންހެނުން ވަގަށް ނެގުމަށް ފަހު، އެ ޢާއިލާތަކަށް ނިސްބަތްވާ ފިރިހެނުން ގިނަ ފަހަރަށް މަރާލަނީއެވެ. ހަތިޔާރު އެޅި މީހުންގެ ބެލުމުގެ ދަށަށް ގެންދާ އަންހެނުން، އެ މީހުންނާ ކައިވެނި ކުރަންވެސް މަޖުބޫރު ކުރުވައެވެ.  

ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ ޗެއަރޕަރސަން، ޔާސްމީން ސޫކާ ވިދާޅުވި ގޮތުގައި ހަތިޔާރު އެޅި ހަނގުރާމަވެރި ގުރޫޕުތަކުގެ އިތުރުން، އަސްކަރިއްޔާގެ ސިފައިންވެސް މި ޖަރީމާ ހިންގުމުގައި ބައިވެރިވެއެވެ.

ހަތިޔާރު އަޅައިގެން ތިބޭ ފިރިހެނުން ގޮސް، ވަގަށް ގެންގޮސްފައި ވާ ބައެއް މީހުން މިހާރު ވަނީ މިނިވަން ކޮށްފައެވެ. އެއީ ސޫދާންގެ ކަމާ ބެހޭ ފަރާތްތަކުން، ހަތިޔާރު އެޅި މީހުންނަށް މާލީ ބަދަލެއް ދީގެންނެވެ. ކަން މިހެން އޮތް އިރު، އެ ފަދަ ގޮތަކަށް ފައިސާ ދީގެން މީހުން މިނިވަން ކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމުގެ އިންޒާރު، ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވަނީ ދީފައެވެ.

އދގެ ގޮފިން ވަނީ، ދެކުނު ސޫދާންގެ ޝާރުޢީ ނިޒާމު ހަރުދަނާކޮށް، ވަރުގަދަ ކުރުމަށްވެސް ގޮވާލާފައެވެ. ސޫދާންގައި މިހާރު ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށްޓަކައި، ހަރުދަނާ ގޮތެއްގައި ޢަދުލު އިންސާފު ޤާއިމުކޮށް، ތަންފީޒީ ބާރުތައް ޒިންމާދާރު ކުރުވުމަށްޓަކައި ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ އިސްލާހީ ބަދަލުތައް ގެނައުމަށް، ދެކުނު ސޫދާންގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ދެކުނު ސޫދާންގެ އެކި ހިސާބުތަކުގައި އިތުރުވެފައިވާ ހަމަނުޖެހުންތަކާއި، ހިންގަމުންދާ ޖަރީމާތައް ނިމުމަކަށް ގެނައުމަށް، އަދިވެސް އިތުރު މަސައްކަތްތައް ކުރުމަށް، ދެކުނު ސޫދާންގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވަނީ އެ ޤައުމުގެ ސަރުކާރަށް ގޮވާލާފައެވެ.

ދެކުނު ސޫދާންއަކީ މެދުތެރޭ އެފްރިކާގެ އިރުމަތީގައި، ހުރިހާ ކޮޅަކުން ބެދިފައި އޮތް ޤައުމެކެވެ. ދެކުނު ސޫދާން ވަށައިގެން ބޯޑަރު ހިއްސާ ކުރަމުންދާ ޤައުމުތަކަކީ އިތިއޮޕިއާ، ސޫދާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔުގާންޑާ އަދި ކެންޔާއެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމުގެ ދިގު މާޒީއެއް އޮތް ދެކުނު ސޫދާނަށް މިނިވަން ޤައުމެއްގެ ދަރަޖަ ލިބުނީ ޖުލައި 9، 2011 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު