Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ އަންހެން ފުޓުބޯޅަ ޓީމު

ރާއްޖެ ކޮޅަށް 14 ލަނޑު ޖަހައިގެން އިންޑިއާ މޮޅުވެއްޖެ

އިންޑިއާގެ ބެންގަލޫރުގައި ހޯމަ ދުވަހު ކުޅުނު މެޗުގައި އިންޑިއާގެ ޤައުމީ އަންހެން ޓީމުން ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ މައްޗަށް ކުރި ހޯދީ 14-0 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2024 | އަންގާރަ 06:09
އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންޑިއާގެ ޤައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު މެޗުން، ރާއްޖޭގެ ޤައުމީ އަންހެން ޓީމު ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހޯމަ ދުވަހު ކުޅުނު މެޗުގައި އިންޑިއާގެ ޤައުމީ އަންހެން ޓީމުން ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ މައްޗަށް ކުރި ހޯދީ 14-0 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންޑިއާ އިން ވަނީ ރާއްޖެ ކޮޅަށް އަށް ލަނޑު ޖަހައިގެން ބޮޑު ލީޑެއް ހޯދައިފަ އެވެ. މެޗުގައި އިންޑިއާގެ އަނެއް ހަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖެ އިން މިފަހަރު ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ އިން އިންޑިއާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހު އެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)، އިން އެންމެ ފަހުން އާންމުކޮށްފައިވާ އަންހެން ރޭންކިންގައި އިންޑިއާ އޮތީ 69 ވަނައިގަ އެވެ. އެ ރޭންކިންގައި ރާއްޖެ އޮތީ 163 ވަނައިގަ އެވެ.

މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ އެކި ފަހަރު މަތިން އިންޑިއާއާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މެޗެއް އެއްވަރުވެފައިވާއިރު، އަނެއް މެޗުތަކުން މޮޅުވެފައި ވަނީ އިންޑިއާ އެވެ. މީގެ ކުރިން އިންޑިއާ އަތުން މިހާ ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖެ ބަލިވެފައި ވަނީ 2014 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު