Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިނީޝިއަސްއަށް ނަސްލީ ތަފާތުކުރުން

ވިނީޝިއަސްއަށް ނަސްލީ ފުރައްސާރަކުރި ހަތް މީހަކު ހައްޔަރުކޮށްފި

ނަސްލީ ތަފާތުކުރުމުގެ މައްސަލަ ގިނަބަޔަކު ދަނީ ކުށްވެރިކުރަމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 23 މެއި 2023 | އަންގާރަ 16:36
ރެއާލް މެޑްރިޑްގެ ވިނީޝިއަސް

ރެއާލް މެޑްރިޑްގެ ވިނީޝިއަސް

ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއަރއަށް ނަސްލީ ތަފާތުކުރުމާއި ފުރައްސާރަކުރުމުގެ މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އާދިއްތަ ދުވަހު ވެލެންސިއާ މެޗުގައި ސަޕޯޓަރުން ފުަރައްސާރަކުރުމާ ގުޅިގެން އެ މައްސަލަ މިހާރުވަނީ ވަރަށް ބޮޑުވެފައެވެ. ރެއާލް މެޑްރިޑުންނާ ބްރެޒިލުން އެ މައްސަލަ ޖައްސާއިރު، ސެޕެނިޝް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ މައްސަލަ އިތުރަށް ބަލަން ނިންމާފައެވެ.

ވިނީޝިއަސްއަށް ފުރައްސާރަކުރި މައްސަލާގައި އަންގާރަ ދުވަހު ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ ޖެނުއަރީ މަހު ރެއާލް މެޑްރިޑްގެ ޓްރެއިނިންގ ގްރައުންޑުގެ ބޭރުގައި ހުރި ބްރިޖެއްގައި ވިނިޝިއަސް ޖޫނިއާގެ 20 ނަންބަރު ޖާރޒީ ލައްވާފައި ބުދެއް އެލުވި މައްސަލާގައެވެ. ސްޕެއިންގެ ފުލުހުން ބުނީ މި ހަތަރު މީހުންނަކީ ނަފްރަތުގެ ކުށެއް ކަމަށް ތުހުމަތުކުރެވޭ ކުށެއްގެ ޒިންމާ އުފުލަން ޖެހިދާނެ ބައެއް ކަމަށެވެ. އޭގެ ތެރެއިން ތިން މީހުންނަކީ މީގެކުރިންވެސް ދަނޑަށް ގޮަސް ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައިވާ ބައެކެވެ.

ހަތަރު މީހުން ހައްޔަރުކުރިފަހުން ފުލުހުން ވަނީ އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ވެލެންސިއާ މެޗުގައި ނަސްލީ ފުރައްސާރަކުރި ތިން މީހުންނެވެ.

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ގިނަ އަދަދެއްގެ ކުލަބުތަކުންނާއި ކުޅުންތެރިން ދަނީ އަޑުއުފުލަމުންނެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްވިނީޝިއުސް ޖޫނިއަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު