Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންމީހުން

ޑީސްޓެފާނޯގެ ކުލަނުވި ހުވަފެންތައް!

23 މެއި 2023 | އަންގާރަ 08:15

ވޯލްޑްކަޕާއި ބާސެލޯނާ އަށް ނުކުޅެވި އޭނާވީ ރެއާލް މެޑްރިޑްގެ ލެޖެންޑަކަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 މެއި 2023 | އަންގާރަ 08:15
އަލްފްރެޑޯ ޑީސްޓެފާނޯ: ރެއާލް މެޑްރިޑްގެ ލެޖެންޑެއް

އަލްފްރެޑޯ ޑީސްޓެފާނޯ: ރެއާލް މެޑްރިޑްގެ ލެޖެންޑެއް

ރެއާލް މެޑްރިޑުން ވިދާލި ޑީސްޓެފާނޯ އަކީ ވޯލްޑް ކަޕު ކުޅުމުގެ އުފާ ލިބިގަތުމަށް އެންމެ ގިނަ ގައުމުގެ ރައްޔިތުކަން ހޯދި މީހާ އެވެ. އާޖެންޓީނާގެ ރައްޔިތަކަށް ހުރެ 1950 ވަނަ އަހަރުގެ މުބާރާތް ކުޅެން ލިބުނު ފުރުސަތުން އޭނާ މަހުރޫމްވީ އެ މުބާރާތުގައި ކުޅެން އާޖެންޓީނާ ދެކޮޅު ހެދުމުންނެވެ. އަދި ޖެހިގެން އައި މުބާރާތަށް އެ ގައުމު ކޮލިފައި ވެސް ނުވި އެވެ.

އެ ދުވަސްވަރަކީ ފުޓްބޯޅައިގެ މާބޮޑު ގަވާއިދުތަކެއް ނެތް ދުވަސްވަރެކެވެ. ބޭނުން ގައުމަކަށް ކުޅުމުގެ ފުރުސަތު ވެސް އެބައެއްގެ އަތްމައްޗަށް ނުވަތަ ކުޅުންތެރިޔާ އަށް އޮވެ އެވެ. މިހެންވެ ޑީސްޓެފާނޯ ގަސްތު ކުރީ އަވައްޓެރި ކޮލަމްބިއާގެ ރައްޔިތަކަށް ވާށެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ކޮލަމްބިއާގެ ރައްޔިތުކަން ނުހަނު ފަސޭހައިން ލިބުނެވެ. އެ ގައުމުގެ ރައްޔިތުން އޭނާ ބަލައިގަތެވެ. އެކަމަކު ފީފާއިން ވެސް ކަންކަން ތަރުތީބު ކުރަން ފަށާފައިވުމުން ކޮލިފައިންގައި އާޖެންޓީނާ އަށް ކުޅެފައިވާތީވެ ވޯލްޑް ކަޕުގައި އެހެން ގައުމަކަށް ކުޅުމުގެ ހުއްދަ ޑީސްޓެފާނޯ އަށް ނުދޭން ފީފާއިން ނިންމީ  އެންމެ ފަހު ވަގުތު އެވެ. މިހެންވެ 1956 ވަނަ އަހަރު ޑީސްޓެފާނޯ ސްޕޭނުގެ ރައްވެހިކަން ހޯދިއެވެ.

އެކަމަކު އޭގެ ދެ އަހަރު ފަހުން އޮތް ވޯލްޑް ކަޕަށް ސްޕޭން ކޮލިފައި ނުވުމުން ޑީސްޓެފާނޯގެ އުއްމީދު ދިގުލައިދިޔަ އެވެ. އެންމެފަހުން 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަނިޔާވެ ޑީސްޓެފާނޯ ހުރިހާ އުއްމީދެއް ވިއްސިވިހާލިވި އެވެ.

އެކަމަކު އޭނާ އަކީ ޕެލޭ އާއި މަރަޑޯނާ އަދި މިޝޭލް ޕްލެޓިނީގެ ފަހަތުން 20 ވަނަ ގަރުނުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި ނިމިދިޔަ ގަރުނުގައި ސްޕޭނު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ. ރެއާލް މެޑްރިޑަށް ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޑީސްޓެފާނޯ އަކީ ސްޕޭނުގެ ތާރީހުގައި ނުވަ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ފޯވަޑް ވެސް މެއެވެ.

ޑިސްޓެފާނޯ އެންމެ އަކީ 1950ގެ ތެރޭގައި ދެކުނު އެމެރިކާގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ޖާދޫ ފެނިފައި ޑީސްޓެފާނޯ ލައްވައި ކުޅުވަން އެންމެ ފުރަތަމަ އޭނާ ސްޕޭނަށް ގެންދިޔައީ ބާސެލޯނާއިންނެވެ. ނަމަވެސް 1953 ވަނަ އަހަރު ކޮލަމްބިއާގެ މިލޮނޭރިއަސްގައި ހުރެފައި ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އެކުލަބަށް އޭނާ އަށް ކުޅެވޭގޮތެއް ނުވި އެވެ.

ޑީސްޓެފާނޯ ބާސެލޯނާ އަށް ގެންދިއުމާއެކު ސްޕޭނުގައި އަޑުފެތުރުނީ އާދަޔާހިލާފު މާ މޮޅު ކުޅުންތެރިއަކު ބާސެލޯނާ އަށް ގެންގޮސްފި ކަމަށެވެ. މިކަން ބެލިއިރު މިއީ ތެދަކަށްވުމުން އެހާ މޮޅު ކުޅުންތެރިއަކު ބާސެލޯނާ އަށް ކުޅުމަކީ ރެއާލް މެޑްރިޑަށް ހަޖަމް ކުރެވޭވަރުގެ ކަމަކަށްނުވި އެވެ. އެކުލަބުގެ އިއްޒަތާއި ހައިބަތު މީގެ ސަބަބުން ކުޑަވެދާނެ ކަމަށް ބަލައި މެޑްރިޑުން މިކަމާ ވަރަށް ބޮޑަށް ނުރުހުނެވެ. އަދި މި ދެ ބައިމީހުންގެ މެދުގައި އޮތް ޒަމާންވީ އަދާވާތްތެރިކަމާހެދި ޑީސްޓެފާނޯ ޖަހައިގަތުމުގެ ރޭވުން މެޑްރިޑުން ފެށީ އާރާއި ބާރާއި ނުފޫޒާއެކު ސްޕޭނުގެ މައި ސަރުކާރުގެ ބައިވެރިވުމާއެކުގަ އެވެ.

އެންމެ ފަހުން ޑީސްޓެފާނޯ ބާސެލޯނާ އަށް ގެންދިޔައީ ފީފާ އަށް އެނގުމެއްނެތި ކަމަށް ތުހުމަތުކޮށް އެބަދަލު ބަލައިނުގަންނަން ސްޕޭނުގެ ސަރުކާރުން ނިންމި އެވެ. ސްޕޭން ސަރުކާރުގެ މައި މަރުކަޒަކީ ރެއާލް މެޑްރިޑް ނިސްބަތްވާ މެޑްރިޑް ސަރަހައްދެވެ. މި ނިންމުމަށްފަހު މެޑްރިޑުގެ އަޑީގައި އޮވެ ޑީސްޓެފާނޯ ބާސެލޯނާއާއެކު ފަރިތަކުރުން ވެސް ހުއްޓުވި އެވެ. އަދި ފުޓްބޯޅަ ކުޅެން ބޭނުންވާނަމަ މިވަގުތު އެކަން މެޑްރިޑުގައި ފަހިވެފައި އޮތްކަމަށް ބުނެ ކުޅުންތެރިޔާ މެޑްރިޑަށް ގެންދިޔަ އެވެ. އެއަށްފަހު މާގިނަ ދުވަހެއްނުވެ ރެއާލް މެޑްރިޑުން ޑީސްޓެފާނޯ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނެރުނެވެ.

ރެއާލް މެޑްރިޑުން ޑީސްޓެފާނޯއާ ހެދި ގަދަ ދައްކަން ފެށުމުން އޭނާ ލައްވައި ބާސެލޯނާއިން ޕްރީ ކޮންޓްރެކްޓެއްގައި ވެސް ސޮއި ކުރުވި އެވެ. ނަމަވެސް އެ ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅައިގައި ހާއްސަކޮށް އެއް ކުލަބުން އަނެއް ކުލަބަކަށް ކުޅުންތެރިން ބަދަލުވުމުގެ ގަވާއިދުތަކެއް ހެދިފައި ނެތް ދުވަސްވަރަކެވެ. މީގެ އެޑްވާންޓޭޖް ނަގައި ސްޕޭނުގެ ސަރުކާރުން ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތެވެ.

އެންމެ ފަހުން ޑީސްޓެފާނޯވީ ރެއާލް މެޑްރިޑްގެ ތާރީހުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ. ޔޫރަޕުގެ ތަށި ފަސް ފަހަރު ހޯދައިދިނުމަށްފަހު 1982 އިން 1984 އަށް އެކުލަބަށް ކޯޗުކަން ވެސް ކޮށްދިނެވެ. ފަހުން ކުލަބުގެ އެމްބެސެޑަރެއްގެ ގޮތުގައި ދެއްކީ ވެސް އޭނާ އެވެ. މިއީ ވެސް ބާސެލޯނާ އަށް ޖެއްސުން ކުރުމުގެ އަމަލެކެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ޒަމާންވީ ޒާތީ ވާދަވެރިކަމުގެ އެންމެ މުހިންމު އެއް ފެށުމަކީ ވެސް ޑީސްޓެފާނޯ މެޑްރިޑުން ޖަހައިގަތުމެވެ.  

އޭނާ ނިޔާވީ 7 ޖުލައި 2014 ވަނަ އަހަރު އުމުރުން 88 އަހަރުގަ އެވެ.  

ބާސެލޯނާރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް