Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވި ވިނީޝިއަސްއާ ރެއާލްގެ ރައީސް ބައްދަލުކުރައްވައިފި

މި ސީޒަނުގައި ވިނީޝިއަސްއަށް ވަނީ 10 ފަހަރު ފުރައްސާރަކޮށްފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 މެއި 2023 | ހޯމަ 17:36
ވިނީޝިއަސްއާއި ރެއާލްގެ ރައީސް ޕެރެޒް

ވިނީޝިއަސްއާއި ރެއާލްގެ ރައީސް ޕެރެޒް

ވެލެންސިއާ މެޗުގައި ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ އެ ކުލަބުގެ ރައީސް، ފްލޮރިންޓީނޯ ޕެރެޒް ބައްދަލުކުރައްވައިފިއެވެ.

ވިނީޝިއަސްއާ ޕެރެޒް ބައްދަލުކުރެއްވީ، އެފަދަ އަމަލުތައް ހުއްޓުވުމަށް ކުލަބުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަންދެއްވުމަށެވެ. މި މައްސަލަ ބޮޑުވެ، ވިނީޝިއަސް ރެއާލް ދޫކޮށް އެހެން ޓީމަކަށް ހިނގައިދާނެކަމުގެ ބިރު ޕެރެޒްއަށާއި މުޅި ޓީމަށް އޮވެއެވެ. ރެއާލް މެޑްރިޑުން ވަނީ އެ ހާދިސާއާ ގުޅިގެން ހޯމަ ދުވަހު ސްޕެއިންގެ ޕްރޮސެކިއުޓަރުންނަށް, ނަފްރަތުގެ ކުށުގެ މައްސަލަ ހުށަހަޅާފައެވެ. މިއީ މި ސީޒަނުގައި ވިނީޝިއަސްއާ ދެކޮޅަށް ނަސްލީ ތަފާތުކުރުންތައް ހިންގާފައިވާކަމަށް ބުނާ 10 ވަނަ ފަހަރު ކަމަށް ސްޕެނިޝް ލީގުން ވަނީ ބުނެފައެވެ.

ވެލެންސިއާގެ މެސްޓަލާ ސްޓޭޑިއަމްގައި ކުޅުނު މެޗު 10 މިނެޓަށް ވަނީ ހުއްޓުވާފައެވެ. އެއީ އުމުރުން 22 އަހަރުގެ ފޯވާޑް، އޭނާއާ ދިމާއަށް ނަސްލީ ތަފާތުކުރުންތައް ދައްކާކަމަށް ބުނާ ސަޕޯޓަރުންނަށް އިޝާރާތް ކުރުމުންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށް ރޮއިޓާސްއިން ޔަގީންކުރި ވީޑިއޯތަކުން ފެންނަގޮތުގައި، މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ބަސް ދަނޑަށް ދިޔައިރު ވެލެންސިއާގެ އެތައް ސަތޭކަ ސަޕޯޓަރުން "ވިނިޝިއަސް އަކީ މަކުނެއް" ކަމަށް ބުނެ ލަވަކިޔަމުން ދިޔައެވެ.

ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ވަނީ، ނަސްލީ ތަފާތުކުރުމާއި ފުރައްސާރަކުރުން ކުށްވެރިކޮށް، އެ ހާދިސާގައި ބައިވެރިވި ހުރިހާ ސަޕޯޓަރުން މެޗު ބަލަން ދަނޑަށް ދިޔުން އުމުރުދުވަހަށް މަނާކުރާނެ ކަމަށް ވައުދުވެފައެވެ.

ރެއާލް މެޑްރިޑްވިނީޝިއުސް ޖޫނިއަރ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު