Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ ޓުވެންޓީ އިންޑިޔާގައި ފެށުން

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ޖީ ޓުވެންޓީގެ ބައްދަލުވުންތައް އިންޑިޔާގެ ކަޝްމީރުގައި ފަށައިފި

ޖީ ޓުވެންޓީގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 19 ގައުމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 މެއި 2023 | ހޯމަ 15:32
އިންޑިޔާގެ ކަޝްމީރުގައި ކުރިޔަށްދާ ޖީ ޓުވެންޓީ ބައްދަލުވުމުގެ ލޯގޯ

އިންޑިޔާގެ ކަޝްމީރުގައި ކުރިޔަށްދާ ޖީ ޓުވެންޓީ ބައްދަލުވުމުގެ ލޯގޯ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖީޓުވެންޓީ ގްރޫޕްގެ ބައްދަލުވުންތައް، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިންޑިޔާގެ ކަޝްމީރުގައި ފަށައިފިއެވެ. މި ގޮތުން ވަރކިންގ ގްރޫޕްގެ ބައްދަލުވުންތައް ސްރީނަގަރުގައި ހޯމަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމަޔަށް ކުރިޔަށް ދާނެއެވެ.

މި ބައްދަލުވުންތަކަކީ 2019ގެ ފަހުން އެސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު، ބައިނަލްއަގްވާމީ ބައްދަލުވުމެވެ. ޖީ ޓުވެންޓީގެ ގައުމުތަކުން 60ވަރަކަށް ޑެލިގޭޓުން މި ބައްދަލުވުންތަކުގައި ބައިވެރިވާނެކަމަށް ދަނީ ބެލެމުންނެވެ.

ޗައިނާއިންވަނީ ކަޝްމީރުގައި މިބައްދަލުވުންތައް ބޭއްވުމަށް ދެކޮޅުހަދާކަން ހާމަކޮށް، އަދި ބައްދަލުވުމުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިޔާ އަދި ޕާކިސްތާނުން ދައުވާކުރެއެވެ. އަދި ކަޝްމީރުގެ ފުލް ކޮންޓްރޯލް ހޯދުމަށް އެ ދެ ގައުމުވަނީ ދެ ފަހަރު މަތިން ހަނގުރާމަވެސް ކޮށްފައެވެ. މިހާރުވެސް ކަޝްމީރު ކޮންޓްރޯލް ކުރަނީ ދެ ގައުމުން ދެފަޅިއެވެ.

އެޕްރިލްމަހު ޕާކިސްތާނުންވެސް ވަނީ ޖީ ޓުވެންޓީގެ ބައްދަލުވުންތައް ކަޝްމީރުގައި ބާއްވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ސިފަކޮށްފައިވެއެވެ. ނަމަވެސް އިންޑިޔާއިން ބުނެފައިވަނީ ޖަންމޫ އެންޑް ކަޝްމީރަކީ އެގައުމުގެ ބައެއްކަމުން އެތަނުގައި ބައްދަލުވުން ބޭއްވޭނެކަމުގައެވެ.

އިންޑިޔާގެ ސަރުކާރުންނާއި އަދި މީޑިޔާގެ ބައެއް ފަރާތްތަކުން ވަނީ ކަޝްމީރުގައި ކުރިޔަށްދާ ޖީޓުވެންޓީގެ ބައްދަލުވުންތަކަކީ ވަރަށްވެސް ތާރީޚީ ބައްދަލުވުންތަކަކަށް ވެގެން ދާނެ ކަމަށް ބުނެފައެވެ. އަދި ބައްދަލުވުމުގެ ސަބަބުން ކަޝްމީރުގެ ތާރީޚާއި އަދި ރީތި ސަގާފީ އާދަކާދަތައް ދުނިޔެއަށް ހާމަވެގެން ދާނެކަމަށް ބުނެފައިވެއެވެ.

ކަޝްމީރުގެ އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅީގައި, ސަރުކާރާ ދެކޮޅު ހަތިޔާރުއެޅި ފަރާތްތަކުން އަންނަނީ 1989ން ފެށިގެން ހަމަލާތައް ދެމުންނެވެ. އިންޑިޔާއިން ބުނަނީ މިހަމަލާތައް ދެނީ ޕާކިސްތާނުގެ މަދަދާއެކު ކަމަށެވެ.

ބައްދަލުވުމަށް ތައްޔާރުވަމުން އައިއިރު އެ ސަރަހައްދުގައި ވަނީ ސެކިއުރިޓީ ޑްރިލްތަކާއި ފަރިތަކުރުންތައް ކުރިޔަށްގެންގޮސްފައެވެ.

ކުރިން އިންޑިޔާ ސަރުކާރުން ބުނެފައިވާގޮތުގައި ޖީޓުވެންޓީ ބައްދަލުވުމުގެ ތެރެއިން ޓުއަރިޒަމަށް ޚާއްސަ އިސްކަމެއް ދެވޭނެއެވެ. ޚާއްސަކޮށް ފިލްމް ޓުއަރިޒަމަށް އިސްކަންދީ އެސަހައްދު ފިލްމު ކުޅުމަށް މަގްބޫލު ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ޖީ ޓުވެންޓީގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 19 ގައުމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަނެވެ. މި ގައުމުތަކުން މުޅިދުނިޔޭގެ އިކޮނޮމިކް އައުޓްޕުޓްގެ 85 އިންސައްތަ، އަދި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ހިއްސާ ކުރެއެވެ.

ޖީ ޓުވެންޓީ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު ވެރިރަށް ޑެލްހީގައެވެ.   

ޖީ20ދުނިޔެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު