Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރެޓްސް ޕާޓީ

އާ ޕާޓީއެއް ހެދިޔަސް ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތައް ކުރިއަށްދާނެ - އަފްޝަން

އާ ޕާޓީއެއް އުފައްދާފައިވަނީ، މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ނައިބު ރައީސް ޕާޓީން އިސްތިއުފާދެއްވުމަށްފަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 މެއި 2023 | ހޯމަ 11:46
ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު، އަފްޝަން

ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު، އަފްޝަން

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފައްދާފައި ވީނަމަވެސް, ޖުމްހޫރީ ޕާޓީއާއެކު އެ ފަރާތްތަކުން ކުރަމުން އައި މަޝްވަރާތައް ހުއްޓައިނުލާ ކުރިއަށް ގެންދާނެކަމަށް، އެ ޕާޓީގެ ތަރުޖަމާނު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އަފްޝަން ވިދާޅުވީ މީގެ ކުރިން ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލާފައި ނުވާކަަމަށެވެ. ޕާޓީތަކުގެ މެދުގައި ދެބަސްވާ ކަންތައްތައް ހުރިނަމަވެސް އެކުގައި މަސައްކަތް ކުރެވިދާނެ ކަންތައްތައް ހުރިކަމަށް އަފްޝަން ވަނީ ވިދާޅުވެފައެވެ. އަފްޝަން ވަނީ ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމަކީ ފިކުރެއްގެ ދިރުމާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަަމަށްވެސް ވިދާޅުވެފައެވެ.

އަފްޝަން ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާ ފަރާތްތައް ޖޭޕީގެ އިތުރުން ޕީޕީއެމްގައިވެސް އެބަތިބި ކަަމަށެވެ. މީގެ އިތުރުން އެ ޕާޓީއާ ގުޅިވަޑައިނުގެން ނަޝީދު އެމްޑީޕީގައި ދެމިހުންނަވަނީ ކީއްވެގެންތޯ ދެންނެވުމުން އަފްޝަން ވިދާޅު،ވީ އެކަން ސާފުކޮށްދެއްވޭނީ ނަޝީދަށް ކަމަށެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ކަންކަން ހިނގަނީ ރައީސް ނަޝީދަށް އެނގިވަޑައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޝަން ވަނީ، ޕާޓީ ފުޅާކޮށް މެމްބަރުން އިތުރުކުރުމަށް މަސައްކަތްކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ޕާޓީއަށް ސޮއިކޮށްފައިވާ މެމްބަރުންގެ ސީދާ އަދަދު ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރެއިން، ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ގޮތްޕެއް އުފައްދައިގެން ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ. އޭގެފަހުން މަޖިލީހުގައިވެސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އައީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އާ ޕާޓީއެއް އުފައްދާފައިވަނީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ނައިބު ރައީސް ޕާޓީން އިސްތިއުފާދެއްވުމަށްފަހުގައެވެ.

ދަ ޑިމޮކްރެޓްސްޖޭޕީ

އިތުރަށް ކިޔާލަން

26 ޖޫން 2025

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު
24 ޖޫން 2025

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
01 މެއި 2025

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި
05 ޑިސެމްބަރު 2024

ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

05 ޑިސެމްބަރު 2024
ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް  ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ
24 ނޮވެމްބަރު 2024

ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިމޮކްރެޓްސް އިން ވެސް ތަދައްހުލު ވަނީ

24 ނޮވެމްބަރު 2024
ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިމޮކްރެޓްސް އިން ވެސް ތަދައްހުލު ވަނީ
02 ނޮވެމްބަރު 2024

މާލީ ވަޒީރު ވަނީ ޤާނޫނާއި ޚިލާފުވެފަ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލައިފި - ޑިމޮކްރެޓްސް

02 ނޮވެމްބަރު 2024
މާލީ ވަޒީރު ވަނީ ޤާނޫނާއި ޚިލާފުވެފަ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލައިފި - ޑިމޮކްރެޓްސް
27 އޮކްޓޯބަރު 2024

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!
26 އޯގަސްޓު 2024

މިފެންނަނީ މިނިވަން ބޭންކަށް ސަރުކާރުގެ ޑިޕާޓްމެންޓެއްހެން އަމުރުކޮށްގެން ރައީސް ބޭންކް ހިންގަން އުޅޭތަން: ޑިމޮކްރަޓްސް

26 އޯގަސްޓު 2024
މިފެންނަނީ މިނިވަން ބޭންކަށް ސަރުކާރުގެ ޑިޕާޓްމެންޓެއްހެން އަމުރުކޮށްގެން ރައީސް ބޭންކް ހިންގަން އުޅޭތަން: ޑިމޮކްރަޓްސް
24 ޖުލައި 2024

ޑިމޮކްރެޓްސްގެ މެންބަރުންނަށް ސަރުކާރުގެ އޮފަރތަކެއް، އެ ޕާޓީން ބުނަނީ މި ސަރުކާރު ވެރިކަމަށް ގެނައުމުގެ ހިއްސާ އޮންނާނެ ކަމަށާއި، އޮފަރތަކާއި މެދު ވިސްނަމުންދާ ކަމަށް

24 ޖުލައި 2024
ޑިމޮކްރެޓްސްގެ މެންބަރުންނަށް ސަރުކާރުގެ އޮފަރތަކެއް، އެ ޕާޓީން ބުނަނީ މި ސަރުކާރު ވެރިކަމަށް ގެނައުމުގެ ހިއްސާ އޮންނާނެ ކަމަށާއި، އޮފަރތަކާއި މެދު ވިސްނަމުންދާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު