Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާގެ ޝަރީއަތް

އާޒިމާގެ ޝަރީއަތް: ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށް ނިންމުމުން ބޮޑު ބަހުސަކަށް

ޔާމީނުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 10:15
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ އާޒިމާގެ ފަރާތުން ހުށައަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބާކީ ބައި ކުރިއަށް ގެންދިއުމަށް ދަންނަވާފައެވެ.

Advertisement - newsAdvertisement

އެ ފުރުސަތުގައި އާޒިމާގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނެންގެވިއެވެ. އެގޮތުން ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ އަލުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް އިސްލާޙު ކުރުމަށްފަހު ހުށައެޅުން ނުވަތަ ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ހުށައެޅުންތައް ކުރިއަށް ގެންދިއުމަށް އާޒިމާ ފުރުސަތަކަށް އެދިލެއްވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލައިގެ ނިންމުމަށް އާޒިމާގެ ފަރާތުން އަލިއަޅުވާލެއްވިއެވެ.

އެ ނުކުތާއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޔާމީނުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށެވެ. ވުމާއެކު، އަލުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އޭގެ ބަދަލުގައި ޝަރީއަތުގެ މަރުޙަލާގައި ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެކަމަށް ދައުލަތުގެ ވަކީލު އެ މައްސަލައިގެ ނިންމުމާ ޙަވާލާ ދެއްވައި ވިދާޅުވިއެވެ.

ނަމަވެސް އާޒިމާގެ ފަރާތުން ތަކުރާރުކޮށް އެ ނުކުތާ ނަންގަވާފައިވާތީ އެ ނުކުތާގައި ބަހުސް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔައެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީވެސް ނިންމެވީ ހެއްކާބެހޭ ޤާނޫނު ރަޖުއީކޮށް ތަތުބީޤު ނުކުރެވޭނެ ކަމަށާއި، ޝަރީއަތުގެ މަރުޙަލާގައި ހެއްކާބެހޭ ޤާނޫނަށް ޙަވާލާ ދެވިދާނެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހަމަ ލިއުމުން ހުށައަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ގާޒީ ދެންނެވިއެވެ.

ނަމަވެސް ގާޒީގެ ނިންމެވުން ސާފު ނޫންކަމަށް ވިދާޅުވެ އާޒިމާގެ ފަރާތުން ވަނީ މި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާއިރު، ހެއްކާބެހޭ ޤާނޫނާ ޙަވާލާދެއްވައި ހުށައެޅުމަށް ފުރުސަތަކަށް އެދިލައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށް ފަނޑިޔާރުވެސް ނިންމަވާފައިވާ ކަމަށާއި، ވުމާއެކު، ފަނޑިޔާރުގެ ނިންމެވުމާ އެއްގޮތަށް ދިފާއުން ކުރިއަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައިވާ ޤާނޫނީ ތަރަހައިގެ ތެރެއިން އެ ބައި ކުރިއަށް ގެންދަންޖެހޭކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

އާޒިމާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުމުގެ ބައި ކުރިއަށް ގެންދަވަން ފެއްޓެވުމަށްފަހުވެސް އަނެއްކާވެސް ހެއްކާބެހޭ ޤާނޫނާ ޙަވާލާ ދެއްވާތީ ގާޒީ ވަނީ އެކަން ހުއްޓުވައި، ޝަރީއަތުގެ ނިންމުމެއް އޮތްކަން ހަނދުމަ ކޮށްދެއްވާފައެވެ. އެހިސާބުން އާޒިމާގެ ވަކީލުން ވިދާޅުވީ، ގާޒީގެ ނިންމެވުން އިސްތިއުނާފު ކުރައްވާނެ ކަމަށާއި، އިސްތިއުނާފަށް ވަކި ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

އާޒިމާގެ ވަކީލު އެހެން އަޑުއެހުމެއްގައި ބައިވެރިވާން ޖެހޭކަމަށް ވިދާޅުވެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދޭންވެސް އާޒިމާގެ ފަރާތުން އެދިލެއްވިއެވެ.

ނަމަވެސް މިއީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވާތީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވިއެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށައެޅުމުގެ ބައި ކުރިއަށް ގެންދިއުމަށް ގާޒީ އަނެއްކާވެސް އާޒިމާއަށް ދެންނެވިއެވެ.

އަދި ޝަރީއަތުގެ ނިންމުން ވަރަށް ސާފު ކަމަށާއި، އެ ނިންމުން އޮޅުވާލައްވައި "ބަހުގައި ހިފާ ދެމުމަށް" މަސައްކަތް ނުކުރެއްވުމަށް ގާޒީ އެދިލެއްވިއެވެ.

އެހެންނަމަވެސް 4 ގަޑިއިރެއްހާއިރަށް ދިގު ދެމިގެންދިޔަ މި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމުގެ ބައި ކުރިއަކަށް ނުގެންދެވުނެވެ. އޭގެ ބަދަލުގައި އެ ނުކުތާގައި އާޒިމާއާއި ޝަރީއަތުންވެސް ހޫނު ބަހުސެއް ކުރިއަށް ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

އޭގެ ފަހުން އާޒިމާ ވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން ޝަރީއަތް މިއަދަށް މެދުކަނޑާލުމަށް އެދިލައްވާފައެވެ. އަދި ގާޒީވެސް ވަނީ އެކަމަށް ރިއާޔަތް ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންދަނީ ދިފާއަށް ލިބިދޭންޖެހޭ ޙައްޤުތައް ފުރިހަމައަށް ލިއްބައިދީގެން ކަމަށެވެ. އަދުލު އިންސާފު ޤާއިމު ކުރުމަށް ޝަރީއަތަށް ކޮށްދެވެން ހުރި ކަމެއް ކޮށްދެއްވާނެކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު