Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ އިން ވްލާހޮވިޗް ގެންދަން މަސައްކަތް ކުރަނީ

ވްލާހޮވިޗް ވަނީ ޔުވެންޓަސްގައި 23 ލަނޑު ޖަހާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 މެއި 2023 | ހޯމަ 08:06
ޔުވެންޓަސްގެ ޑޫސާން ވްލާހޮވިޗް

ޔުވެންޓަސްގެ ޑޫސާން ވްލާހޮވިޗް

ޗެލްސީއިން ހޫނު މުސުމުގެ ޓްރާންސްފަރ މާކެޓުގައި އެންމެ އިސްކަމެއް ދޭނީ ޔުވެންޓަސްގެ ކުރިޔަށް ކުޅޭ ޑޫސާން ވްލާހޮވިޗް ގެންނަން ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި ޗެލްސީއިން ތައްޔާރުވަނީ 80 މިލިއަން ޔޫރޯގެ ހުށަހެޅުމެއް އެ ކުޅުންތެރިޔާއަށް ހުށަހަޅަންށެވެ. އޭނާ ފިއޮރެންޓީނާ އިން ޖުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރު ފިނި މޫސުމުގައެވެ.

ޔުވެންޓަސް އަށް ކުޅެދިން 62 މެޗުން ވްލާހޮވިޗް ވަނީ 23 ލަނޑު ޖަހާފައެވެ. ޗެމްޕިއަންސް ލީގު ފުރުސަތު ޔަގީން ނުވުމާ، އެލެގްރީގެ ދަށުން އެންމެ ރަނގަޅަށް ނުކުޅެވޭތީ ވްލާހޮވިޗްގެ ކުރިމަގާ މެދު އަދި ގޮތެއް ނުނިންމައެވެ. މި ސީޒަނުގެ ކުރީ ކޮޅު ޖެހުނު މައްސަލައާ ގުޅިގެން ޔުވެންޓަސްއިން އުނި ކުރި 15 ޕޮއިންޓު، މައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން ވަނީ ޖުވެންޓަސް އަށް ދީފައެވެ. އެ 15 ޕޮއިންޓު ލިބުމުން ޔުވެންޓަސް މިހާއު އޮތީ ތާވަލުގެ ތިން ވަނައިގައެވެ.

ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި ކުރިޔަށް ކުޅޭ ރަނގަޅު ކުޅުންތެރިއެއް ގެންނާނެ ވާހަކަ ޗެލްސީ އާ އަލަށް ހަވާލުވާ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފައެވެ. ޕޮޗެޓީނޯ ހަވާލުވުމަށްފަހު ޗެލްސީގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ޗެލްސީ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު