Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވެލެންސިއާ އިން ރެއާލް ބަލިކޮށްފި

ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މެއި 2023 | ހޯމަ 02:31
ވެލެންސިއާ އަތުން ބަލިވި މެޗުގައި ރެއާލްގެ ކެޕްޓަން ބެންޒެމާ

ވެލެންސިއާ އަތުން ބަލިވި މެޗުގައި ރެއާލްގެ ކެޕްޓަން ބެންޒެމާ

ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރެއާލް މެޑްރިޑު ބަލިވެއްޖެ އެވެ.

ވެލެންސިއާގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ 1-0 އިންނެވެ. މިއީ މި ސީޒަނުގެ ލީގުގައި ރެއާލްގެ އަށް ވަނަ ބައްޔެވެ. ވެލެންސިއާ އިން މެޗުގެ ހަމައެކަނި ލަނޑު 33 ވަނަ މިނެޓުގައި ޖެހީ ޑިއޭގޯ ލޮޕޭޒް އެވެ. ލީގު ދިފާއު ނުކުރެވުނު ނަމަވެސް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މި މެޗުގެ ފުރަތަމަ 11 ގައި ވެސް މުހިންމު ކުޅުންތެރިން ހިމަނައިފަ އެވެ. އެގޮތުން ކެޕްޓަން ކަރީމް ބެންޒެމާ، ވިނީޝިއުސް ޖޫނިއާ، އައުރެލިން ޗުއަމިނީ، އެޑުއާޑޯ ކަމަވިންގާ، ފާލަންޑް މެންޑީ އަދި އެންޓޯނިއޯ ރޫޑިއާ ހިމެނެ އެވެެ. މެޗުގައި ލޫކާ މޮޑްރިޗް، ރޮޑްރީގޯ، ޓޯނީ ކްރޫސް، ފެޑެރިކޯ ވަލްވާޑޭ އަދި ޑެނީ ކަވަހާލް އަށް ފުރުސަތު ދިނީ ބެންޗުންނެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައި ވަނީ ރެއާލާ ވާދަވެރި ބާސެލޯނާ އިންނެވެ. ރެއާލަށް ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ގެއްލިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެ ޓީމު ކެޓީ މެންޗެސްޓަރ ސިޓީ އަތުން ބަލިވެގެންނެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްވެލެންސިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު