Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕްރޭޝަންގެ މައްސަލައެއް އަނެއްކާވެސް އޭސީސީއަށް

10 ޖުލައި 2017 | ހޯމަ 05:50

އޭސީސީއަށް ހުށަހަޅާފައި ވަނީ ފެނަކައިން ހިންގާ އިންޖީނުގެތަކަށް ފަޔަރ އެލާމް ހޯދުމުގެ މައްސަލަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 10 ޖުލައި 2017 | ހޯމަ 05:50
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް

ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް

ފެނަކަ ކޯޕްރޭޝަންގެ މައްސަލައެއް އަނެއްކާވެސް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ އާއި ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ފެނަކައިން ހިންގާ އިންޖީނުގެތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ފަޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ހިންގާ 150 އަށް ވުރެ ގިނަ އިންޖީނުގެތަކަށް ބޭނުންވާ ފަޔަރ އެލާމް ސިއްޓަމްތައް ހޯދުމަށް އިއުލާން ކުރެވުނު ގޮތާއި އަދި ބިޑްކުރެވުނު މަރުހަލާގައި ކަންތައްތައް ހިނގާދިޔަ ގޮތުގެ ތަފްސީލް ފޮނުވުމަށް އޭސީސީގެ ފަރާތުން ވަނީ ފެނަކައަށް އަންގާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ފެޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ފެނަކައިން ފުރަތަމަ ކުރި އިއުލާނަކީ އެމްއެންޑީއެފް އިން ދީފައިވާ މިންގަނޑުތަކަށް ނުފެތޭ އިއުލާނަކަށް ވާތީ ފުރަތަމަ ކުރި އިއުލާނާއި އަދި އެ އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތައް ވެސް ބާތިލް ކުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން ދެވަނަ ފަހަރަށް އިއުލާން ކޮށްގެން ބަޔަކު ނެގުމަށް ފަހު ބިޑް އިވެލުއޭޝަން ބޯޑަށް ފޮނުވުމުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ބިޑް އިވެލުއޭޝަން ބޯޑުން ނިންމައި އަލުން ރީޓެންޑާ ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީން އެންގި ގޮތަށް އަލުން އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފެނަކައިގެ އިންޖީނުގެތަކަށް ފަޔަރ އެލާމް ސިސްޓަމް ގަތުމަށް ބިޑްކުރި ގޮތާ ގުޅޭ ގޮތުން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ އެންމެ ފުރަތަމަ ކުރި އިއުލާން ބާތިލް ކޮށްފައިވަނިކޮށެވެ. އަދި ޝަރީފް ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އޭސީސީން ފޮނުވުމަށް އެންގި ލިޔެކިޔުންތައް ފެނަކައިގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އޭސީސީ އިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެހެން ކަމުން މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް