Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގެ ކޯޗު ކަމުގައި ދެމިހުންނާނަން: އެންޗެލޮޓީ

21 މެއި 2023 | އާދީއްތަ 06:22

އެންޗެލޮޓީގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 21 މެއި 2023 | އާދީއްތަ 06:22
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލްގެ ކޯޗު ކަމުގައި ދެމިހުންނާނެކަމަށް އެ ޓީމުގެ ކޯޗު، ކާލޮ އެންޗެލޮޓީ ބުނެފިއެވެ.

އެންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާނެކަމަށް ގިނަ ވާހަކަތަކެއް ފެތުރޭއިރު، އޭނާ ބުނީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުމަށް ބަލާކަމަށެވެ. އޭނާ ބުނީ، 2024 ވަނަ އަހަރުގެ ސީޒަން ނިމުމާ ހަމައަށް އެއްބަސްވުން އޮތްކަމަށާއި، ޓީމުގައި މަޑުކުރަން ބޭނުންކަމަށެވެ. އެންޗެލޮޓީ ބުނި ގޮތުގައި ރެއާލް އިން ވަނީ އޭނާ މަގާމުގައި ބަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެންޗެލޮޓީ ވަނީ 2013 އިން 2015 އަށް ރެއާލްގެ ކޯޗުކަން ކޮށްދީ، އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އެޔަށްފަހު ދެވަނަ ފަހަރަށް ރެއާލް އާ ހަވާލުވީ އެވަޓަން ދޫކޮށްލުމަށްފަހު 2021 ވަނަ އަހަރު ޖޫން ގައެވެ.

މިދިޔަ ސީޒަނުގައި ރެއާލް އިން ވަނީ އެންޗެލޮޓީ އާއެކު ސްޕެނިޝް ލީގުގެ އިތުރުން، ތާރީހީ 14 ވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް މި ސީޒަނުގައި، ޗެމްޕިއަންސް ލީގު ސެމީ ގައި ސިޓީ އަތުން ހިތްދަތި ގޮތަކަށް ބަލިވިއިރު، ލީގު ތާވަލުގައި އޮތީ ބާސާ އަށްވުރެ 14 ޕޮއިންޓު ދަށުގައެވެ.

މި ސީޒަން އާ ގުޅޭގޮތުން ސުވާލުކުރުމުން އެންޗެލޮޓީ ބުނީ، މިއީ ގޯސް ސީޒަން އެއްކަމަށް ނުބުނާނެ ކަމަށާ، އިތުރަށް ރަނގަޅު ކުރެވުނީސް ކަމަށެވެ. އޭނާ އިތުރަށް ބުނީ ލީގުގެ ނަތިޖާއާ މެދު ހިތްހަމަނުޖެހުނަސް، މި ސީޒަނުގައި އިތުރު ތިން ތަށި ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

އެންޗެލޮޓީގެ ކޯޗު ކަމުގެ ދަށުން ރެއާލް އިން ވަނީ މި ސީޒަނުގައި ޔުއެފާ ސުޕަ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕުގެ އިތުރުން ކޮޕަ ޑެލްރޭ މުބާރާތް ކާމިޔާބުކޮށްފައެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް