Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯޕަން ޑޭ

އީސީގެ "އޯޕަން ޑޭ" އާދިއްތަ ދުވަހުގެ ނިޔަލަށް

20 މެއި 2023 | ހޮނިހިރު 13:12

އޯޕަން ޑޭ އާދިއްތަ ދުވަހު ހެނދުނު 10:00ން ރޭގަނޑު 10:00ށް ދަރުބާރުގޭގައި ކުރިއަށްދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 މެއި 2023 | ހޮނިހިރު 13:12
އިލެކްޝަންސް ކޮމިޝަންގެ އޯޕަން ޑޭގެ ތެރެއިން

އިލެކްޝަންސް ކޮމިޝަންގެ އޯޕަން ޑޭގެ ތެރެއިން

އިލެކްޝަންސް ކޮމިޝަންގެ އޯޕަން ޑޭ ފަށައިފިއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ޓާސްކްފޯސް މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ މި ހަރަކާތް، ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 10:00ން ރޭގަނޑު 10:00ށް ދަރުބާރުގޭގައި ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޯޕަން ޑޭގައި ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ؛ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެމްބަރު، މެނޭޖަރު، މީޑިއާ އޮފިސަރު، ސީނިއަރ އޮފިސަރު، ގްރެފިކްސް ޑިޒައިނަރު، ފޮޓޯގްރާފަރު، އޮފިސަރު، ޓެކް އޮފިސަރު، މަސައްކަތު މީހުން، ސެކިއުރިޓީ އޮފިސަރު، ޑްރައިވަރު، ސަޕޯޓް އޮފިސަރު އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ޝައުޝަން ވިދާޅުވީ، ވޯކް-އިން އިންޓަވިއުގައި 80ށްވުރެ ގިނަ މީހުން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ބައިވެރިވެފައިވާއިރު އޮފިޝަލުންގެ ގޮތުގައި 1500ށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކަންތައްތަކަށް 6000 މުވައްޒަފުން ބޭނުންވާކަމަށާއި، އެއީ ވޯޓް ފޮށި ކައިރީގައި ހަރަކާތްތެރިވާނެ މުވައްޒަފުންނާއި ޓާސްކް ފޯސް މުވައްޒަފުންކަމަށް ޝައުޝަން ވިދާޅުވިއެވެ.

ޝައުޝަން އިތުރަށް ވިދާޅުވީ، އޯޕަން ޑޭ ނިމުނަސް ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށާއި، 1414ށް ގުޅިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި ބައެއް މަގާމުތަކަށް މީހުން ހޯދުމަށް ދަތިކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް 5597 އޮފިޝަލުން ބޭނުންވެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގައި އިސް މަގާމެއް އަދާނުކުރާ، 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.

އީސީން ބުނެފައިވާގޮތުގައި, އޮފިޝަލުންގެ ގޮތުގައި ހޮވޭ މީހުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިންގެ ގޮތުގައި ހަމަޖައްސާ މީހުންނަށް، ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ ލިބޭއިރު އޮފިޝަލުންނަށް 1000 ރުފިޔާ، އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ލިބޭނެއެވެ.

އުޖޫރައިގެ އިތުރުން، ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެ ކަމަށްވެސް އީސީން ބުނެއެވެ. އަދި ވޯޓު ލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަަކަށް ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން، މި މަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް، އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް