Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިކުރެއްގެ ދިރުން

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

އެ ޕާޓީއަށް ނަމަކާއި ކުލައެއް ކަނޑައަޅަން އާންމުންގެ ހިޔާލަށް ހުޅުވާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 މެއި 2023 | ހޮނިހިރު 12:30
އަފްޝަން ލަތީފު

އަފްޝަން ލަތީފު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުން އުފައްދަވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް, ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފިއެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތުގެ އިސް މެމްބަރު އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހަރަކާތުން އަލަށް ރަޖިސްޓަރީކުރުމަށް މަސައްކަތްކުރަމުން އަންނަ ޕާޓީއާ ގުޅޭ ކަންކަމުގެ ތަރުޖަމާނަކަށް އަފްޝަން ހަމަޖައްސާފައިވާކަމަށެވެ.

މީގެއިތުރުން "ފިކުރެއްގެ ދިރުން" އާ ސިޔާސީ ޕާޓީއެއްގެގޮތުގައި އުފެއްދުމަށް ފެށި މަސައްކަތުގައި، އެ ޕާޓީއަށް ނަމަކާއި ކުލައެއް ކަނޑައަޅަން އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލާފައެވެ. ފިކުރެއްގެ ދިރުމުގެ ފަރާތުން އުފައްދާ ޕާޓީއަށް ނަމަކާއި ލޯގޯއަކާއި ކުލައެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވައިލީ މާދަމާ ހެނދުނު 6:00އާ ހަމައަށެވެ. އެ ކަމަށް ހިޔާލު ހުށަހެޅުމަށް ފުރަން ޖެހެނީ އޮންލައިން ފޯމެކެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިކަން އިއުލާންކުރީ މީގެ ތިން ދުވަސް ކުރިންނެވެ.

އެމްޑީޕީން ވަކިވި މެމްބަރުންތައް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އެޕާޓީ އުފައްދަން ނިންމާފައިވަނީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށެވެ. އެމްޑީޕީން ވަކިވެ، އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމީ މިހާރު އޮތް އެމްޑީޕީއަކީ އަސާސްތަކުގެ މައްޗަށް އޮތް ޕާޓީއެއް ނޫން ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މި ފެށޭ ހަފުތާގައި ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީވާވެސް ވަނީ އެކަން ތަކުރާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ޕާޓީން، އެކުގައި މަސައްކަތް ކުރެވޭނެ ޕާޓީތަކާއެކު މަޝްވަރާ ކުރާނެކަމަށާއި އަދި، ރިޔާސީ ކެންޑިޑޭޓަކު ހޮވަން ފިކުރެއްގެ ދިރުމުން ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ. އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް ވަކިވި މެމްބަރުން އެމްޑީޕީއާއި ސަރުކާރާއި ދެކޮޅަށް ފާޅުގައި ފާޑުކިޔަން ފަށާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އެހާހިސާބުން މި މެމްބަރުން ވަނީ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުގެ އިތުރުން އެހެން ޕްލެޓްފޯމްތަކުގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފައެވެ.

ފިކުރެއްގެ ދިރުން

އިތުރަށް ކިޔާލަން

04 ޖޫން 2023

ގަޑިއެއްހާއިރު ސަލާމް ކުރެއްވުމުގައި، އައްޑޫ ރައްޔިތުން ދެއްކީ ސާބިތުކަން

04 ޖޫން 2023
ގަޑިއެއްހާއިރު ސަލާމް ކުރެއްވުމުގައި، އައްޑޫ ރައްޔިތުން ދެއްކީ ސާބިތުކަން
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު