Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގަޑިއެއްހާއިރު ސަލާމް ކުރެއްވުމުގައި، އައްޑޫ ރައްޔިތުން ދެއްކީ ސާބިތުކަން

މިއީ މިހާތަނަށް ރައީސަށް މަރުހަބާ ދަންނަވަން އެންމެ ގިނަ މީހުން ނުކުތް ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 11:18
ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ސަލާމްކުރައްވަނީ

ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ސަލާމްކުރައްވަނީ

ދާދި ފަހަކުން ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް ދިމާވެ، ޕާޓީ ބައިބައިވެގެން ދިޔަތަނެވެ. ވެރިކަމާއި އާރާއި ބާރު ހޯދަން އެކަން ކުރިނަމަވެސް، މިކަން ވެގެންދިޔައީ އެމްޑީޕީއަށް ގެއްލުމަކަށެވެ. ކުޑަނަމަވެސް ގެއްލުމެއް ވާނީ ގެއްލުމަކަށެވެ. އެންމެ ފަހުން، ބޭނުންފުޅުވި ގޮތް ނުވުމުން، ޕާޓީން ވަކިވުމުގެ ކޮޅުމަތި ދައްކައި "ފިކުރެއްގެ ދިރުން" މި ނަމުގައި ފިކުރެއް ނެރުއްވަން އުޅުއްވިއެވެެ. އެންމެ ފަހުން އެކަންވެސް ކާމިޔާބުވެވަޑައިނުގަތުމުން ވަކި ޕާޓީއެއްވެސް އުފެއްދެވީއެވެ. ހީވީ ލައްކަ މީހުން ގުޅޭނެހެންނެވެ. ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުންނަކީ އެއްވެސް އިރެއްގައި ވަކި ފިކުރެއްގެ ފަހަތުގައި ތިބޭ، ވަކި މީހަކަށް ތަބާވާ ބަޔަކަށް ނުވާނެކަން ބަޔަކު ހަނދުމަފުޅު ނެތުނީއެވެ.

އަޑަށް ބާރުލައްވާފައި ވާހަކަފުޅުތަކެއް ދައްކަވައި އެންމެ ފަހުން އުފެއްދެވި ޕާޓީއަށް ރަޖިސްޓްރީވާންވެސް ހަމަވަނީ ތިންހާސް ފަސްސަތޭކައެއްހާ ފޯމެވެ. ހީކުރީ އެމްޑީޕީގެ އާންމު މެންބަރުން ފިކުރެއްގެ މަތީގައި އެނބުރި ނަގާނެކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެންމެ ގިނަ މެންބަރުން ތިބި އެއް ތަން ކަމުގައިވާ އައްޑޫ ސިޓީން ދެއްކީ މުޅިން އެހެން މަންޒަރެކެވެ. އަޅުގަނޑަށްވެސް ލައްކަ ދަތުރުތަކުގައި ދެވިއްޖެއެވެ. ހުރިހާ ވެރިންގެ އަރިހުގައިވެސް ދަތުރުކުރެވިއްޖެއެވެ. ނަމަވެސް އިއްޔެ އައްޑޫ ސިޓީން ފެނިގެން ދިޔައީ ހަމަ ތަފާތު މަންޒަރެކެވެ.

މިހާތަނަށް ރާއްޖޭގެ ވެރިކަމުގައި ހުންނެވި މީހަކަށް މަރުހަބާ ދެންނެވި އެންމެ ދިގު ކިއޫ ފެނިގެންދިޔައީ އައްޑޫ ސިޓީންނެވެ. ގަޑިއެއްހާއިރު އެމަނިކުފާނު ގެންދެވީ ސަލާމްކުރަން ތިބި ކުދި ބޮޑު ހުރިހާ އެންމެންނާ ސަލާމްކުރައްވަމުންނެވެ. ހިނިތުންވުމަކާއެކު ޝުއޫރުތައް އަޑުއައްސަވަމުންނެވެ. މި މަރުހަބާގައި ފެނިގެން ދިޔައީ ގަޑިއެއްހާއިރުގެ ދިގު ކިއޫއެއް ނޫނެވެ. އައްޑޫގެ ރައްޔިތުން ތިބީ ތަފާތު ކަމެއްވެސް ދައްކައިގެންނެވެ. ފެނިގެން ދިޔައީ އެމްޑީޕީގެ ދިދާގައި އެމްޑީޕީގެ މެންބަރުންގެ ރުހުން އޮއްސަމުން ދިޔަ މަންޒަރެވެ.

މިކަން އެކަންޏެއް ނޫނެވެ. އައްޑޫ ރައްޔިތުން ތިބީ އެ އަތޮޅުގެ ޗާޓް ހިފައިގެންނެވެ. މެދުގައި ޖަހާފައި ހުރީ އެމްޑީޕީ ލޯގޯއާއި ނިޝާނެވެ. މި ދެއްކީ ކުޑަ ވާހަކައެއް ނޫނެވެ. އައްޑޫ ރައްޔިތުން ތިބީ އެބުނާ ފިކުރެއްގެ ފަހަތުގައި ނޫންކަމެވެ. އައްޑޫ ރައްޔިތުން ތިބީ އެމްޑީޕީއާއެކުގައި ކަމެވެ. އެމްޑީޕީއަކީ އައްޑޫ ރައްޔިތުންނަށް ތަރައްގީއާއި ބޭނުންވާ އަސާސީ ކަންކަން ފުއްދައިދޭ ޕާޓީކަމުގައި ވެފައި، އަދި އެ ޕާޓީގެ އެންމެ އިސްވެރިޔާ ކަމުގައި ހުންނަވައިގެން އައްޑޫ ރައްޔިތުންނަށް އެހެން ވެރިޔަކު ކޮށްނުދެއްވާ ކަންކަން ކޮށްދެއްވީމައި އައްޑޫ ރައްޔިތުން ބަލައިގަތީ އެކަމެެވެ.

ހާހުން މީހުން ނުކުމެ، ގަޑިއެއްހާއިރަށް މަރުހަބާ ދެންނެވިއިރު، އައްޑޫއަށް ރައީސް ގެންދަވަނީ މީގެ ކުރިން ކޮށްނުދެއްވާ އެތައް ކަމެއް ކޮށްދެއްވަމުންނެވެ. އިންތިހާބު ކައިރިވީމައި ކަޑަ ޖެއްސެވީކީ ނޫނެވެ. އަމަލީ މަސައްކަތް ފެށިގެންދާ މަންޒަރު ދައްކުވައިދެއްވީއެވެ. ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވީއެވެ. ހަމަ ހަގީގަތުގައިވެސް އައްޑޫ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.

އައްްޑޫ ސިޓީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ފިކުރެއްގެ ދިރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު