Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެކްސްޕޯޓް، އިމްޕޯޓް

އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އިތުރުވީ ޑޮމެސްޓިކް އެސްޕޯޓުންނާއި ރީއެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އިތުރުވުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2017 | ހުކުރު 06:01
މަރުކަޒީ ބޭންކް އެމްއެމްއޭ

މަރުކަޒީ ބޭންކް އެމްއެމްއޭ

އެކްޕޯސްޓްކޮށްގެންނާއި އިމްޕޯޓް ކޮށްގެން ސަރުކާރަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރު ޖޫން މަހު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއީން ނެރުނު އޮގްސްޓް މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު މިއަހަރު ޖޫން މަހު އެކްސްޕޯޓް ކޮށްގެން ސަރުކާރަށް ލިބުނު އާމްދަނީ ވަނީ 19.3 މިލިޔަން ޑޮލަރު އިތުރުވެފައެވެ.

އެމްއެމްއޭގެ ރިވުގައި ބުނެފައިވާ ގޮތުގައި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ޑޮމެސްޓިކް އެސްޕޯޓުންނާއި ރީއެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ފާހަގަ ކޮށްލެވޭ މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ.

އެކްސްޕޯޓް މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ ގަނޑުކުރި ކަޅުބިލަމަހުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިނެންވެ. ނަމަވެސް މި މުއްދަތުގައި ތާޒާ ނުވަތަ ފިނިކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައިވާ ގޮތުން އިމްޕޯޓަށް ކުރެވުނު ހޭދަ އިތުރުވެފައި ވަނީ 11.6 މިލިޔަން ޑޮލަރަށެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޑީސެލް ވަރަށް ބޮޑުތަން އިތުރުވުމާއި ޕެޓްރޯލް އިމްޕޯޓް ކުރި މިންވަރު އިތުރުވުމެވެ.

މީގެއިތުރުން އިމާރާތް ކުރަން ބޭނުން ކުރާ ސަމާނު އިމްޕޯޓް ކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް ކާބޯތަކެއްޗާއި ފަރުނީޗަރު އަދި ދަތުރުފަތުރުގެ އިކުއިޕްމެންޓް އިމްޕޯޓްކުރި މިންވަރު މި މުއްދަތުގައި ދަށްވެފައިވާކަން އެމްއެމްއޭގެ ރިވިއުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 571.8 މިލިޔަން ޔޫއެސްޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ހަތް ޕަސެންޓްގެ ދަށްވުމެކެވެ. އަދި މަހުން މަހަށް ބަލާއިރު ފަސް ޕަސެންޓްގެ ދަށްވުމެކެވެ.

މި މުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 207.6 ޔޫއެސްޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ކުޑަ މިންވަރެއްގެ ދަށް އަދަދެކެވެ. މަހުން މަހަށް ބަލާއިރު މިއީ 17 ޕަސެންޓުގެ ދަށް އަދަދެއް ކަމަށް ރިވުގައި ވަނީ ބުނެފައެވެ. މީގެއިތުރުން މަހުން މަހަށް ބަލާއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ދަށްވެފައި ވަނީ އެމްއެމްއޭ އިން ބޭރުފައިސާ ވިއްކާފައިވާ އަދަދު އިތުރުވުމުން ކަމަށް ވެސް އެމްއެމްއޭއިން ނެރުނު އޮގަސްޓް މަހުގެ އިގްތިސާދީ ރިވިއުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު