Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޑަވެލި ހޯޑެއްދޫ ބްރިޖު

މަޑަވެލި ހޯޑެއްދޫ ބްރިޖުގެ މަސައްކަތް ނިމެންދެން، ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ބޭނުން ނުކުރެވޭނެ

20 މެއި 2023 | ހޮނިހިރު 08:01

މި މަޝްރޫޢުގެ އެކި ބޭނުމަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ފަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2023 | ހޮނިހިރު 08:01
މަޑަވެލި ހޯޑެއްދޫ ބްރިޖުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި

މަޑަވެލި ހޯޑެއްދޫ ބްރިޖުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި

ގދ. މަޑަވެލި އަދި ހޯނޑެއްދޫ ގުޅާލުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.

މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ  ބްރިޖުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ކުރަމުން ދަނިކޮށް، މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރުމަށްޓަކައި ހަދާފައިވާ ޓެމްޕަރަރީ ބެޑް ގިރައިގެން ގޮސްފައިވާތީ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ވެލި ބޭނުންވާކަމަށް ކޮންޓްރެކްޓަރ މިނިސްޓްރީއަށް އަންގާފައިވާތީއެވެ.

މި މަޝްރޫޢުގެ އެކި ބޭނުtތަކަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ފަހުގައެވެ.

ވުމާއެކު، ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައި، އެކަން މިހާރު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށް އަންގާފައެވެ.

އޭގެ އިތުރުން، 2023 މޭ 21 ވަނަ ދުވަހުން ފެށިގެން ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ނިމެންދެން، މަޑަވެލިން ހޯނޑެއްދޫއަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު/ކޯޒްވޭ ބޭނުން ނުކުރެވޭނެ ކަމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

މަޑަވެލި ހޯނޑެއްދޫ ބްރިޖަކުން ގުޅާލުމަށްޓަކައި އެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2021 ގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިމަޝްރޫއުގެ ސައިޓް މަސައްކަތްތައް ފަށާފައިވާއިރު މަޑަވެއްޔާއި ހޯނޑެއްދޫ އަދި ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތް އޭރުކޮށްފައިވެއެވެ.

އަދި ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށާފައި ވަނީ 12 ޑިސެމްބަރު 2022ގައެވެ.

84.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން، 10 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މަޑަވެލިމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
18 ޖުލައި 2025

އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި

18 ޖުލައި 2025
އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
18 ސެޕްޓެމްބަރު 2023

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެމްބަރު 2023
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް