Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޫލުތައް ތަރައްގީކުރުން

ކުރީ ސަރުކާރުތަކުން އަޅާނުލި ސްކޫލުތަކަށް ވެސް މިސަރުކާރުން ދަނީ ތަރައްގީ ގެނެސްދެމުން: މިއުވާން

މުޅި ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 07:35
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ކުރީ ސަރުކާރުތަކުން ވ.އަތޮޅުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެއަތޮޅުގެ ތައުލީމަށް ޚާއްސަ އިސްކަމެއްދީގެން ތަރައްގީގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މުޅި ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް މަސައްކަތްތައް ކުރަމުންދާއިރު، ވ.އަތޮޅުގެ ރަށްތަކުގެ ސްކޫލުތައް ވެސް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުތަކުން ވ.އަތޮޅު ތައުލީމީ ނިޒާމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ބައެއް ރަށްރުށުގެ ދަރިވަރުން ކިޔެވުމަށް ކަނޑުހުރަސް ކުރުމަށްފަހު އެހެން ރަށްރަށުގެ ސްކޫލުތަކަށް ދާން ޖެހުނު ކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަން ބަދަލުކޮށްފައިވާކަން މިއުވާން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިއުވާން ވިދާޅުވީ ފުލިދޫ ސްކޫލް މަލްޓިޕަރޕަސް ހޯލް، ފެލިދޫ ސްކޫލް މަލްޓިޕާޕަސް ހޯލް، ކެޔޮދޫ ސްކޫލްގެ 2 ބުރި އިމާރާތް، މަލްޓި ޕާޕަސްހޯލް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޅ.އަތޮޅު ރަށްތަކުގެ ސްކޫލުތަކަށް އިޝާރާތްކުރައްވައި މިއުވާން ވިދާޅުވީ ނައިފަރު މަދަރުސަތުލް އިފްތިތާހް 10 ކްލާސްރޫމާއި ސްޓާފް ރޫމް އަދި އޭވީ ރޫމްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ކުރެންދޫ ސްކޫލު އަޕްގްރޭޑްކުރުމާއި މަލްޓި ޕާޕަސް ހޯލް މަސައްކަތް ކުރިއަށްދާ ކަމަށާއި، އޮޅުވެލިފުށި ސްކޫލުގެ 10 ކްލާސްރޫމުގެ 2 ބުރި އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މ.އަތޮޅު ރަށްތަކުގެ ސްކޫލުތަކަށް އަލިއަޅުއްވާލައްވައި މިއުވާން ވިދާޅުވީ ދިއްގަރު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަޑުއްވަރީ ސްކޫލުގެ 2 ކްލާސްރޫމާއި ގުދަން އިމާރާތްކުރުމާއި، ވޭވަށު ސްކޫލްގެ 02 ކްލާސްރޫމް، މުލަކު ސްކޫލުގެ 3 ބުރި އިމާރާތް، ނާލާފުށި ސްކޫލްގެ 2 ބުރި އިމާރާތް، ކޮޅުފުށި ސްކޫލްގެ 5 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ. އެގޮތުން ބުރުނީ ސްކޫލް ވަށާފާރު ރޭނުމާއި، 6 ކްލާސްރޫމް އިމާރާތް ކުރުމާއި، ވަންދޫ ސްކޫލްގެ 3 ބުރި އިމާރާތް ކުރުމާއި، ހިރިލަންދޫ ސްކޫލް 3 ބުރި އިމާރާތް މަލްޓިޕާޕަސް ހޯލާއެކު އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޮމަދޫ ސްކޫލް މަލްޓި ޕާރޕަސް ހޯލް، 3 ބުރި އިމާރާތް އަދި ވަށާފާރު، ކިނބިދޫ 8 ކްލާސް ރޫމް އަދި މަލްޓި ޕަރޕަސް ހޯލް، ވިލުފުށި ސްކޫލް 2 ބުރި އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މަޑިފުށި ސްކޫލް މަލްޓި ޕާޕަސް ހޯލް ކްލާސްރޫމް، ދިޔަމިގިލި ސްކޫލް 10 ކްލާސްރޫމް އިމާރާތް، ތ.އަތޮޅު މަދަރުސާ 6 ކްލާސްރޫމް، ހެލްތްރޫމް އަދި ކައުންސެލިން ރޫމް، މަލްޓި ޕާޕަސް ހޯލް، ގާދިއްފުށި ސްކޫލް 10 ކްލާސްރޫމް އިމާރާތް، ތިމަރަފުށި ސްކޫލް 6 ކްލާސްރޫމް އިމާރާތް، ވޭމަންޑޫ ސްކޫލްގެ 3 ބުރި އިމާރާތް އަދި މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ކުރިއަަށްދާކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު