Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން މިނިސްޓްރީ

ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ކުދިންނަށް ސަރުކާރުން ފީ ދެއްކުން ހުއްޓާލަނީ - ބެލެނިވެރިންގެ ކަންބޮޑުވުންތައް އިންތިހާ!

15 ޖުލައި އިން ފެށިގެން ޕްރައިވެޓް ސްކޫލްތަކުގައި 11-12 އިގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ދެން ކުރަން ޖެހޭނީ ބެލެނިވެރިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2025 | ހުކުރު 07:46
ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި، އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް

ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި، އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް

ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ދެން ކުރަން ޖެހޭނީ ދަރިވަރުންގެ ބެލެނިވެރިން ކަމަށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެކަން އަންގައިފިއެވެ.

ޕްރައިވެޓް ސްކޫލްތަކުގައި 11-12އިގައި ކިޔަވާ ކުދިންނަށް ސަރުކާރުން ފީ ދެއްކުން ހުއްޓާލަން ނިންމިކަން ހާމަވީ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ސްކޫލްތަކަށް ކުދިން ވެއްދުމާއި ސްކޫލްތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމާއި ގުޅޭ އާ އުސޫލުގައެވެ. އެ އުސޫލު ހާމަކޮށްފައި ވަނީ 15 ޖުލައި 2025ގައެވެ.

Advertisement - newsAdvertisement

އެ ސަރކިއުލަރގައި ތައުލީމުގެ ޤާނޫނުގައި ބަޔާންކުރާ އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށް ސްކޫލްތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ހުރިހާ ސްކޫލަކުން އަމަލުކުރަން ޖެހޭ މިންގަނޑު ހާމަކޮށްފައިވެއެވެ.

15 ޖުލައި 2025 އިން ފެށިގެން ސްކޫލްތަކަށް ކުދިން ވެއްދުމުގައި އަމަލުކުރަން ވާނީ މި ސަރކިއުލަރ އަށް ކަަމަށް ވަނީ ބުނެފައެވެ.

އެ ސަރކިއުލާގެ ސްކޫލްގެ ޖާގަ ދިނުމުގެ ބައި، ނުވަތަ (11) ވަނަ ނުކުތާގެ (ޅ)ގައި ބުނެފައި ވަނީ ސަރުކާރު ސްކޫލުން ޖާގަ އަށް ނޭދި އެހެން ސްކޫލްތަކަށް ފޮނުވާ ދަރިވަރުންނަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރާނީ ބެލެނިވެރިން ކަމަށެވެ. އަދި ހަމަ އެ ނުކުތާގެ (ކ)ގައި ބުނެފައި ވަނީ ސަރުކާރު ސްކޫލަކުން ޖާގަ ލިބުމުން އެ ޖާގަ ބޭނުން ނުކޮށް އެހެން ސްކޫލަކަށް ދަރިވަރު ފޮނުވާ ހާލަތުގައި ދަރިވަރުގެ ފީ އާޢި އެހެނިހެން ޚަރަދުތައް ކުރާނީ ބެލެނިވެރިޔާ ކަމަށެވެ.

އެ ސަރކިއުލާގައި އިތުރަށް ބުނެފައި ވަނީ ސަރުކާރު ސްކޫލުން ޖާގަ އަށް އެދި ހުށަހަޅާޖާގަ ނުލިބޭ ހާލަތުގައި މިނިސްޓްރީގެ ފަރާތުން އެހެން ސްކޫލަކުން ޖާގަ ހަމަޖައްސާދޭ ދަރިވަރުންނަށް، އެ ޖާގަ ހަމަޖައްސައިދޭ މުއްދަތަކަށް މިނިސްޓްރީގެ ފަރާތުން ފީ ދައްކާދޭނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ ދަރިވަރުންނަށް ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެއްސުމުން، އެ ޖާގަ ލިބުނު ސްކޫލަށް ދަރިވަރުން ބަދަލުކުރަން ވާނެ ކަަމަށް އެ ސަރކިއުލާގައި ވަނީ ބުނެފައެވެ. އަދ އެގޮތަށް އެންގުމުން ދަރިވަރު ސްކޫލް ބަދަލު ނުކޮށްފި ނަމަ އެ ހާލަތުގައި ދަރިވަރުގެ ފީ އާއި އެހެނިހެން ޚަރަދުތައް ކުރާނި ބެލެނިވެރިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިގޮތަށް ހަމަޖައްސާފައި މި ވަނީ ދަރިވަރުންގެ އޯލެވެލް ނަތީޖާ ލިބެން ކުޑަތަން ވެފައި ވަނިކޮށެވެ. އަދި މިފަދަ ނިންމުމެއް ދަރިވަރުން 11 އަށް ވަނުމާއި ކައިރިވެފައި ވަނިކޮށް ނިންމުމުން ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ނޫހާއި ވާހަކަ ދެއްކި އެއް ބެލެނިވެރިއަކު ބުނީ މީގެ ކުރިން 5 މައްދާ އިން މަތިން ފާސްވާ ކުދިންގެ ފީ ސަރުކާރުން ދައްކާ ދޭނެ ކަމަށް ސްކޫލުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ހަފްތާގައި މިހާރު ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ފީ ދައްކަން ޖެހޭނީ އަމިއްލަ އަށް ކަމަށް ސްކޫލުން ބެލެނިވެރިންނަށް އަންގާފައިވާ ކަމަށާއި މިފަދަ ސަރކިއުލަރ އެއް ނެރުނުކަން ބެލެނިވެރިންނަށް އެނގުނު ހިސާބަކީ އެއީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަދެއްކި އިތުރު ބެލެނިވެރިއަކު ބުނީ މިއީ ދަރިވަރުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަަމަށް ޤަބޫލުކުރާ ކަމަށެވެ. މީގެ ކުރިން ގްރޭޑް 11 -12 އަށް ދާ ނަމަ އޯލެވެލްގައި ވަކި ޕަރސަންޓެއް ލިބޭ ނަމަ ފީކަވަރ ކުރާނެކަމުގެ ޔަޤީންކަން ސަރުކާރުގެ ފަރާތުން ދީފައި ވަނިކޮށް، ކުއްލިއަކަށް އެކަން ބަދަލުވުމަކީ ބެލެނިވެރިންނަށް ވެސް ލިބޭ ކުއްލި މާލީ ބުރައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ނޫހާއި ވާހަކަދެއްކި ބެލެނިވެރިން ވަނީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަމަށާއި ބެލެނިވެރިންނާއި މަޝްވަރާ ނުކޮށް މިފަދަ ނިންމުމެއް ނިންމުމުން މިނިސްޓްރީން މިކަން ސިއްރުން ކުރަން ބޭނުންވިކަން ހާމަވާ ކަަމަށް ފާހަގަކޮށްފައެވެ.

މި ބަދަލުގެ ސަބަބުން ގިނަ ޕްރައިވެޓް ސްކޫލްތަކަށްއެންޓްރެންސް ފީގެ ގޮތުގައި 3000 ރުފިޔާ ، މަހަކު 3000 ރުފިޔާ މަދުވެގެން ބެލެނިވެރިން ހޭދަކުރާނެއެވެ. އެހެންކަމުން ތައްޔާރުވާން ވަގުތު ނުދީ މިފދަ ބަދަލެއް ގެނައުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީޕްރައިވެޓް ސްކޫލްތައްސަރުކާރު ސްކޫލްތައްސްކޫލް ފީބެލެނިވެރިން ތަޢުލީމީ އުސޫލު

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު