Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ބޮޑު ދިދަ ނެގުން

އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފި

ޕާޓީގެ ދިދަ ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މެއި 2023 | ހުކުރު 14:24
އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް

އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް

އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ. އެގޮތުން ބޮޑު ދިދަ ނަގާފައިވާ ބައެއް ރަށްތަކަކީ ފުވައްމުލަކު ސިޓީ، އއ.އުކުޅަސް، އއ. މާޅޮސް، ޅ.ހިންނަވަރު، ހދ.ފިނޭ، ފ.ނިލަންދޫ، ގއ.ކޮލަމާފުށި، ހއ.ހޯރަފުއްޓެވެ.

Advertisement - newsAdvertisement

ދިދަ ނެގުމުގެ ހަރަކާތާއި ގުޅިގެން އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް އެމްޑީޕީއިން މުޅި ރާއްޖެއަށް ކުރާ ދަތުރު ގައި ޕާޓީގެ ދިދަ ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ގިނަ ރަށްތަކެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގާފައިވާއިރު އެމްޑީޕީގެ ޓީމުތައް ދަނީ ރާއްޖޭގެ އެކި ރަށްތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެޕާޓީން މިހާރު ދަނީ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ޓީމުތައް ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށާއި، ޕާޓީގެ މެމްބަރުންނާ ބައްދަލުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ތަރުޖަމާނު ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލައި ފައިނަލްކުރާނީ ރައްޔިތުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ކަމަށެވެ. އަދި ވެރިކަމަށް އައުމަށްފަހު، މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުން އެދޭ ގޮތަށް ތަންފީޒުކުރަމުން ގެންދާނެކަަމަށް އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ މިވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ދަތުރުތަކެއް، އަދި ހާއްސަކޮށް ސަރުކާރުންގެ ފަރާތުންވެސް ދަތުރުތަކެއް އެކި ރަށްރަށަށް ކޮށްފައިވާކަމަށެވެ. ރައީސް ސާލިހު ވަޑައިގަންނަވާ ދަތުރުތަކުގައިވެސް އެ ވަޑައިގަންނަވާ ރަށުގެ އާއްމު ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާކަމަށް އަނަސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު