Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރުގެ މައްސަލާގައި އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފި

މޭރީގެ މަރުގެ ހާދިސާ ހިނގި ދުވަހު މާވިންއާއި ލަމްހާގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ފުޓޭޖްތަކާ ގުޅޭ ހެކިބަސް ނަގާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2023 | ހުކުރު 12:03
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

ރާއްޖޭގައި މަސައްކަތް ކުރަމުން އައި ފިލިޕީންސް ގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދީއްޔަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާދީއްތަ ދުވަހު، މި މައްސަލައިގައި ދައުވާ އުފުލާފައިވާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވަނީ މާވިންގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ ވެސް 9:30ށް ތާވަލުކޮށްފައެވެ.

އެންމެ ފަހުން ބޭއްވި މި މައްސަލަތަކުގެ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ.

އޭނާ ވަނީ މި މައްސަލައާ ގުޅުންހުރި ފުޓޭޖްތައް ތަހުލީލުކޮށްފައެވެ. އޭގެތެރޭގައި، ފުލުހުންގެ ކެމެރާގެ ފުޓޭޖްތަކަކާއި، އައިޖީއެމްއެޗްގެ ޕޯޓިކޯ ސަރަހައްދުގެ ފުޓޭޖްތަކެއްގެ އިތުރުން، އުދުހޭކޮކާގޭގެ ފުޓޭޖްތަކެއް ހިމެނެއެވެ.

އެ ފުޓޭޖްތަކުން ދައްކުވައިދެނީ މޭރީގެ މަރުގެ ހާދިސާ ހިނގި ދުވަހު މާވިންއާއި ލަމްހާގެ ހަރަކާތްތައް ހުރި ގޮތެވެ.

އެ ހާދިސާއަށްފަހު ލަމްހާ އެ ގެއިން ނުކުމެގެންދާއިރު، ދޮރު ހުޅުވުމަށް އޭނާ ލައިގެން ހުރި ހެދުމުގެ އަތް ބޭނުންކުރާކަން ފުޓޭޖުން ފެންނަކަމަށް އެ ހެކިވެރިޔާވެސް ބުނެއެވެ. ދައުލަތުންވެސް މީގެ ކުރިން ވަނީ އެއީ ފިންގަރ ޕްރިންޓް ފޮރުވުމަށް ލަމްހާ ކޮށްފައިވާ ކަމެއް ކަމުގައި ބުނެފައެވެ.

ދެން ހާޒިރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެކެވެ. އޭނާއަކީ ލަމްހާގެ އެކުވެރިއެކެވެ. ލަމްހާގެ އެދުމުގެ މަތިން މޭރީއާ ބައްދަލުކުރި ކަމަށާއި، ލަމްހާއާއި މޭރީ ސުލްހަކުރުމުގެ ގޮތުން ދެ މީހުންނާ ވާހަކަ ދައްކާފައިވާނެކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނިގޮތުގައި ހާދިސާ ހިނގި ދުވަހު ލަމްހާގެ މޫނުމަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ނުފެނެއެވެ. އޭނާ ހުރީ ވަރަށް "އެކްސައިޓް"ވެފައި ހުރި ގޮތަކަށްކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، ލަމްހާ ހުރީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެފައި ކަމަށެވެ.

އޭގެ އިތުރުން، ހާދިސާ ހިނގި ފަހުން ލަމްހާ އެކި ފަހަރުމަތިން ގުޅާފައި މައްސަލައަށްވާނީ ކިހިނެއްތޯ ސުވާލު ކުރަމުން ދިޔަކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭގެ އިތުރުން އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއްގެ ހެކިބަސްވެސް މި އަޑުއެހުމުގައި ނަގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވާގޮތުގައި، މޭރީ މަރާލުމަށް ލަމްހާ ރޭވިކަން އެއީ ދައުލަތުން ހަރުދަނާ ހެތްކާއި ގަރީނާއާއެކު ދައްކާ ވާހަކައެކެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓުތަކުން އެނގޭކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ދީފައިވާ ކަމަށެވެ. ލަމްހާގެ ގެއިން ފެނިފައިވާތަކެތިންއެކަމަށް ބާރު ލިބިދޭކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ބުނާގޮތުގައި މޭރީ މަރާލުމުގެ އަމަލަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ލަމްހާ ވަނީ މާވިންއާއި މޭރީގެ ދަރިފުޅު ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި މޭރީ މަރާލުމުން އެ ގެޔަށް ގޮސް، މޭރީ އަމިއްލައަށް މަރުވީކަން ދެއްކުމަށް ސީނެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު