Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ދުނިޔެއަކީ އެއަށްޓަކައި އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން، ރުޅިމަތަ ކުރޭ: ޚުތުބާ

މިހާރު ފެންނަނީ ބަދަލު ހިފުމުގެ ރޫހު

އަމްނާ އިމާދު
އަމްނާ އިމާދު | 19 މެއި 2023 | ހުކުރު 08:22
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

ރުޅިމަތަ ކުރަންޖެހޭ ކަމަށާއި، ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރުޅިމަތަކުރުމުގެ ޖަޒާއަކީ ސުވަރުގެއެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ރުޅިމަޑުކަމަކީ މާތް ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއް ކަމަށެވެ. ނަމަވެސް މިހާރު ރުޅި މަޑުކަމުގެ ރީތި ނަމޫނާ ނުފެންނަ ކަމަށާއި، ފެންނަނީ ބަދަލު ހިފުމުގެ ރޫހު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ގަނެ ވިއްކުމުގެ މުއާމަލާތާއި، އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅިއިސްކޮށްގެން ނުވާނެ ކަމަށެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި، މާތް ﷲގެ ހަސްރަތުގައި އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށްތަނެއް ކަމަށެވެ.

ޚުތުބާގައި ބުނީ ރަހްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެ ކަމަށާއި، ރުޅި އަންނަންވީ ﷲ އަށްޓަކައި ކަމަށެވެ. އަދި ރުޅި މަތަކުރުން މިހާ މުހިންމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތަގްވާވެރީންނަކީ މާތް ﷲގެ ހަސްރަތުގައި މަތިވެރި މަގާމެއް ލިބިފައިވާ ބައެއް ކަމަށާއި، މާތް ﷲ އަށް ހައްގު ގޮތުގައި ތަގްވާ ވެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ބުނީ ކީރިތި ރަސޫލާއަކީ އެކަލޭގެފާނުގެ ޝަޚްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫން ކަމަށެވެ. އެހެންކަމުން ރަހްމާންވަންތަ ރަސްކަލާނގެ އަޅުންގެ ނަމޫނާއަކަށް ރަސޫލާއަށް ބެލުމަށްފަހު އެގޮތަށް އަމަލުތައް ގެންގުޅެ، ރުޅިވެރިކަމާއި ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ

04 އޯގަސްޓު 2017
މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ
04 ޖުލައި 2017

މިނިސްޓަރު ޝައިނީގެ މައްޗަށް 11 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާއެއް ކުރެވިދާނެ: ސޫދު

04 ޖުލައި 2017
މިނިސްޓަރު ޝައިނީގެ މައްޗަށް 11 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާއެއް ކުރެވިދާނެ: ސޫދު
19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
17 ޖޫން 2017

ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

17 ޖޫން 2017
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި
31 މެއި 2017

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

31 މެއި 2017
ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް
12 މެއި 2017

ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

12 މެއި 2017
ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް
05 މެއި 2017

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

05 މެއި 2017
ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު