Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

ޗެނަލް 13 ގެ "ނަނާހުވަފެނުން" ރައީސް މައުމޫނުގެ އަބުރު ނުގެއްލޭތަ؟ ބްރޯޑްކޮމް އަށް ފާޑުކިޔުން އޮއްސާލައިފި

9 ޖުލައި 2017 | އާދީއްތަ 22:14

އެ ޗެނަލްގެ މި އަމަލާއިމެދު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވަރަށްބޮޑަށް ފާޑުކިޔަމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޖުލައި 2017 | އާދީއްތަ 22:14
ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ޓީވީ ޗެނަލްއަކުން ދެއްކި މަންޒަރެއްގެ ސްކްރީން ޝޮޓެއް

ރައީސް މައުމޫނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ޓީވީ ޗެނަލްއަކުން ދެއްކި މަންޒަރެއްގެ ސްކްރީން ޝޮޓެއް | ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޗެނަލް 13 އިން ރޭ ދެއްކި "ނަނާހުވަފެން" ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓްތައް ހިމަނާފައިވާތީ، ގިނަ ބައެއްގެ ފާޑުކިޔުން އެ ޗެނެލަށާއި، ބްރޯޑްކާސްޓިން ކޮމިޝަނަށް އޮއްސާލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ގެނެސްދިން މި ޕްރޮގްރާމް ބެލި ބައެއް މީހުން ޕްރޮގްރާމްގެ ސްކްރީން ޝޮޓްތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި މީޑިއާތަކުގެ ބެލެނި ވެރި ފަރާތުގެ ގޮތުގައި އޮންނަ، މޯލްޑްވްސް ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި އެ މަންޒަރުތައް ދެއްކި ޗެނަލަށް ނިސްބަތްކޮށް ވިދާޅުވީ، މި ދަރަޖައަށް ޗެނަލްއެއްގެ ހާލަތު ދިޔައިރު، މީޑިއާ ރެގިއުލޭޓްކުރުމުގެ ޒިންމާ ހަވާލުކުރި ބްރޯޑްކާސްޓިން ކޮމިޝަން ކޮބައިތޯއެވެ؟

އެ ޗެނަލްގެ މި އަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުއްﷲ ހިލްމީ ވިދާޅުވީ، "މީ އަޅުގަނޑުމެނގެ ހާލަތު. ދެން ފުކެއް ބޮޑުވަރު. އަބުރު އަދިވެސް އަބުރު ދެންވެސް އަބުރު. ބްރޯޑްކޮމްއަށް ވަރަށް ވެދުން" އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، " ކޮބާ އަބުރުގެ ގާނޫނު. ކޮބާ ބްރޯޑްކާސްޓިން ކޮމިޝަން. ކޮބާ މީޑިއާ ކައުންސިލް. ރާއްޖެޓީވީ ފަހާދުވުން ދޯ އަދިވެސް އޮތީ. ލަދެއް ނުގަނޭ" އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު ވަނީ، ބްރޯޑްކާސްޓިން ކޮމިޝަނަށް މިފަދަ ކަންކަން ނުފެންނަމަ ފެންނަންވީ ރައްޔިތުންގެ މަޖިލީހަށް ތޯ ސުވާލުކުރައްވާފައެވެ. އަދި ފެންނަނީ ވަކި ބަޔަކު އެކަން ކުރުމުންތޯ ވައްޑެ ވަނީ ސުވާލުކުރައްވާފައެވެ.

ސަރުކާރުގެ މަދަދު ލިބިގެން ހިންގާ މި ޓީވީ ޗެނަލްއިން ކުރީގެ ރައީސް މައުމޫނަށް ހުތުރު އެއްޗެހި ގޮވާ، މަންޒަރުތައް ދެއްކުމުން ސޯޝަލް މީޑިއާގައި އެކަމާ ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވަނީ، ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މަންޒަރުތައް ނުފެންނާނެކަމަށާއި ފިޔަވަޅެއްވެސް ނާޅާނޭކަމަށެވެ. ފިޔަވަޅު އަޅަން އެނގެނީ ވަކި ޗެނަލްއަކާމެދު ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މި ކަމަކީ ދުވަހަކުވެސް ބަޔަކު ނުކުރާވަރުގެ ދަށު ދަރަޖައިގެ އަމލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މިކަން ސިފަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް