Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ އަރުތަވެރިން

އޯލެވެލް އިން އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވައިފި

އެއްވަނަ ހޯދި 9 ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މެއި 2023 | ހުކުރު 03:28
ޘާނަވީ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވަނީ

ޘާނަވީ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވަނީ

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވައިފިއެވެ.

އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ވަނީ ދެ ރޭގެ މަތިން ދަރުބާރުގޭގައި ބާއްވާފައެވެ.

މިޖަލްސާގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި 4 ދަރިވަރުންނަށާއި، 2021-2022 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި 9 ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިޖަލްސާގައި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި 16 ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނަ އިން 10 ވަނަ އާ ދެމެދުގެ ވަނަތައް ހޯދި 3 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި 45 ދަރިވަރުންނަށް ރޭގެ ޖަލްސާގައި އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިދިޔަ ދިރާސީ އަހަރު ޘާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

2021-2022ވަނަ ދިރާސީ އަހަރު 6300 ދަރިވަރުން ޘާނަވީ އިމްތިޙާން ހަދާފައިވެއެވެ. މިއިމްތިހާނު ފުރިހަމަކުރި ކުދިންގެ ތެރެއިން 13 އިންސައްތަ ކުދިންވަނީ ގަދަ 10 ގައި ހިމެނިފައެވެ. މިއީ އެންމެ ގިނަ ދަރިވަރުން މިހާތަނަށް ގަދަ 10 ގައި ހިމެނުނު ދިރާސީ އަހަރުއެވެ.

އިތުރަށް ކިޔާލަން

15 މެއި 2018

އޯލެވެލް އިމްތިހާނުގެ ބައިވެރިވުމަށް ހުޅުވާލައިފި

15 މެއި 2018
އޯލެވެލް އިމްތިހާނުގެ ބައިވެރިވުމަށް ހުޅުވާލައިފި
04 މެއި 2018

އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ފަސްކޮށްފި

04 މެއި 2018
އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ފަސްކޮށްފި
28 ޖެނުއަރީ 2018

އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް 77 ޕަސެންޓް، އެކަމަކު އިސްލާމްގެ ނަތީޖާ ދަށް!

28 ޖެނުއަރީ 2018
އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް 77 ޕަސެންޓް، އެކަމަކު އިސްލާމްގެ ނަތީޖާ ދަށް!
29 ނޮވެމްބަރު 2017

މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި

29 ނޮވެމްބަރު 2017
މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި
13 ނޮވެމްބަރު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ ވެބްސައިޓެއް ތައާރަފްކޮށްފި

13 ނޮވެމްބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ  ވެބްސައިޓެއް ތައާރަފްކޮށްފި
05 ނޮވެމްބަރު 2017

ޖީސީއޯލެވެލްގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވަނީ އިތުރުވެފައި: އެޑިއުކޭޝަން މިނިސްޓަރު

05 ނޮވެމްބަރު 2017
ޖީސީއޯލެވެލްގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވަނީ އިތުރުވެފައި: އެޑިއުކޭޝަން މިނިސްޓަރު
14 ޖުލައި 2017

އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން

14 ޖުލައި 2017
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު